ގަސްތައް ބުނާ ވާހަކައިގެ އަޑުއަހައި ބުނެދޭ މެސެޖާ ދިރިއުޅުމުގަ ޢަމަލުކުރަންޖެހޭ ގޮތް ގުޅުވާލަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގަސްތައް ބުނާ ވާހަކައިގެ އަޑުއަހައި ބުނެދޭ މެސެޖާ ދިރިއުޅުމުގަ ޢަމަލުކުރަންޖެހޭ ގޮތް ގުޅުވާލަން ޖެހޭނެ!: މުފްތީ މެންކް

ގަސްތައް އަހަރެމެންނަށް ބުނެދެނީ ކީކޭހެއްޔެވެ؟ ގަސްތައް ބުނަނީ "ހިޔާލިބެން އަތުވެއްޖެނަމަ ހިޔާދޭނަމެވެ. މީހަކު ބޭނުންކުރިޔަސް ނުކުރިޔަސް އެމީހުންނަށްޓަކައި މޭވާދޭނަމެވެ. މީހަކު އަހަރެންނާއި އަޅައިލިޔަސް ނުލިޔަސް އަހަރެންގެ ވާޖިބު އަހަރެން އަދާކުރާނަމެވެ." މިހެން ނޫންހެއްޔެވެ؟  

މީސްތަކުންނޭވެ! ވިސްނާށެވެ! ގަސްތައް މިދެނީ ވަރަށް އަގުހުރި މެސެޖެކެވެ. އެއީ އަހަރެމެން ޢަމަލުކުރަންޖެހޭ ގޮތެވެ. މީހަކު ބުނެފާނެ އެއްޗަކަށް ނުބަލާށެވެ. ކޮށްދީފާނެ ކަމަކަށްވެސް ނުބަލާށެވެ. އަނެކުންނަށްޓަކައި ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދެމުން ގެންދާށެވެ.  

ކޮންމެ ބައެއްގެ ތެރޭގައިވެސް އަދި ޢާއިލާތަކުގައިވެސް ޚިޔާލުތަފާތުވުންތައް ހުންނާނެއެވެ. ހިތްހަމަނުޖެހޭ އެތައްކަމެއް ހިނގާނެއެވެ. އެކަންކަމަކީ މައްސަލައަކަށް ނުހަދާށެވެ. އެކަކު އަނެކަކަށް ހެޔޮކޮށްހިތާށެވެ. އެމީހަކު ކޮށްދޭންޖެހޭ ކަންކަން ކޮށްދެމުން ގެންދާށެވެ. ގަސް އެޢަމަލުިކުރާ ގޮތުން ޢިބްރަތް ލިބިގަންނާށެވެ.

ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. ކޮންމެހެން ކަނޑަންޖެހިގެން ނޫނީ ގަސް ނުކަނޑާށެވެ! ގަހަކީ އިންސާނުންނަށްވުރެވެސް ޢުމުރުދިގު އެއްޗެކެވެ. ނުކަނޑާ ބަހައްޓައިފިނިމަ އެތައް ޖީލަކަށް ހީވަހިކަން ލިބި އެއިގެ މޭވާ ލިބޭނެއެއްޗެކެވެ. ޖަންގަލިތަކުގައާއި އެނޫންވެސް ތަންތަނުގައި ގަސް ކަނޑަންވާނީ ނުކަނޑައިވާނެ ގޮތެއް ނެތިގެންނެވެ. އެނޫން ގޮތަކަށް ގަސްތައް ކެނޑުން ދީނުގައި ހުއްދައެއް ނޫނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން