ކާމިޔާބު ކައިވެންޏެއް ކުރަން މިމަގުން ޢަމަލުކުރާށެވެ! ފޭލްވިނަމަވެސް އެމީހަކަށް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކާމިޔާބު ކައިވެންޏެއް ކުރަން މިމަގުން ޢަމަލުކުރާށެވެ! ފޭލްވިނަމަވެސް އެމީހަކަށް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

އިސްލާމް ދީނަކީ ކައިވެނިކުރުމުގެ ކުރިން ދެމީހުން ވާހަކަދެއްކުން މަނާކުރާ ދީނެއް ނޫނެވެ. އެކަމަށް ހިތްވަރުދޭ ދީނެކެވެ. މައްސަލައަކަށްވަނީ ވާހަކަ ދެއްކުމާއި ދެމީހުން މަސްހުނިވުން (ފްލާޓްކުރުން) އޮޅުވައިލާތީއެވެ.  

ދެމީހުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތަކާއި ކައިވެނިން ޙާޞިލްކުރަން ބޭނުންވާ ކަންކަމާއި ކައިވެންޏަށްފަހު ކަންކަންކުރަންވީ ގޮތާއިމެދު ފަދަ މުހިންމު ކަންކަމުގައި ދެމީހުން މަޝްވަރާކުރަންވާނެއެވެ.  

ކައިވެނީގެ ކުރިން ލޯތްބާއިބެހޭ ގޮތުން މަޝްވަރާކުރުމަކީ ނުވަތަ ވާހަކަ ދެއްކުމަކީ ނުރައްކައުތެރިކަމަކަށްވެދާނެ ކަމެކެވެ. ސަބަބަކީ ލޯބީގެ ވާހަކަތަކުގައި މާބޮޑަށް ކުރިއަސް ދެވިއްޖެނަމަ މަޝްވަރާކުރަންޖެހޭ ކަންކަމަށް މަޝްވަރާނުކޮށް އަވަހަށް ދެމީހުން ގުޅެން އިސްކަން ދެވޭތީއެވެ.  

ލޯތްބަކީ ކަނުކޮށްލާއެއްޗެކެވެ. ލޯބިވެވޭ ހިސާބުން އަނެކާގެ ކިބައިގައި ހުންނަ އުނިސިފަތަކަށް ވިސްނަންވެސް ބޭނުމެއް ނުވެއެވެ. މުހިންމީ ދެމީހުންގެ މެދުގައި ހުންނަ ޚިޔާލުތަފާތުވާ ކަންކަމުގެ ވާހަކަތައްވެސް ދައްކައި އެކަންކަމަކީ ކައިވެންޏަށްފަހު ޙައްލުކުރެވިދާނެ ކަންކަންތޯ ބެލުމެވެ.  

އެންމެ މުހިންމު ކަމަކީ ކައިވެނިކުރުމުގެކުރިން ކައިވެނިމިކުރެވެނީ ކާކާއިކަން އެނގުމެވެ. އެއީ މީހާގެ ބޭރުފުށުގެ ސިފައެއް ނޫނެވެ. އޭނާގެ އަޚްލާޤާއި ދީންވެރިކަން ހުންނަ މިންވަރެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރެވެ.  

ކިތަންމެ ގިނަ ވާހަކަ ދެއްކުމަށްފަހުގައިވެސް، އަދި ކިތަންމެ ގިނަ ދުވަހަކު "ފްލާޓް" ކުރުމަށްފަހުގައިވެސް ކުރާކައިވެނިތައް ރޫޅިގެން އެބަދެއެވެ. ވީމާ ކައިވެނިކުރުމަކީ ރިސްކް ނަގައިގެން ކުރަންޖެހޭ ކަމެކެވެ. ރިސްކް ކުޑަވެ، ކަންކަން ބޮޑުވެގެންދާ ވަޤުތުގައި ތިމާއަށް ރަނގަޅުވާނެ، ފައިދާހުރި ގޮތަށް ކަންކަން ހިންމަވައިދެއްވަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ކަންކަންކޮށްގެން އެމަގުން ކައިވެނިކުރުމުންނެވެ.  

- އިމާމް ޢުމްރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން