މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި މި ދުޢާ ކުރުން ގިނަ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި މި ދުޢާ ކުރުން ގިނަ ކުރައްވާ!

ޔޫސުފްގެފާނު ﷲ ތަޢާލާއަށް ކުރެއްވެވި ދުޢާއަކީ މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުން އެދިގެންނާއި ޞާލިޙުންގެތެރެއިން ލެއްވެވުން އެދި ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ!  

رَبِّ قَدۡ اٰتَيۡتَنِىۡ مِنَ الۡمُلۡكِ وَ عَلَّمۡتَنِىۡ مِنۡ تَاۡوِيۡلِ الۡاَحَادِيۡثِ ۚ فَاطِرَ السَّمٰوٰتِ وَالۡاَرۡضِاَنۡتَ وَلِىّٖ فِى الدُّنۡيَا وَالۡاٰخِرَةِ ۚ تَوَفَّنِىۡ مُسۡلِمًا وَّاَلۡحِقۡنِىۡ بِالصّٰلِحِيۡنَ 

"އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިއ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (ޔޫސުފް: 101) 

މިދުޢާ މީސްތަކުން ކުރާނީ  ٱللَّٰهُمَّ  ކުރިއަށްލައިގެން މިގޮތަށެވެ.: 

ٱللَّٰهُمَّفَاطِرَ السَّمٰوٰتِ وَالۡاَرۡضِاَنۡتَ وَلِىّٖ فِى الدُّنۡيَا وَالۡاٰخِرَةِ ۚ تَوَفَّنِىۡ مُسۡلِمًا وَّاَلۡحِقۡنِىۡ بِالصّٰلِحِيۡنَ 

މާނައީ: " ޔާ ﷲ! އިސްވެދިއަ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (ޔޫސުފް: 101) 

އަހަރެމެންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިސްވެދިއަ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާނގެއެވެ. ދުނިޔެއާއި، އާޚިރަތުގައި އަހަރެމެންގެ އެހީތެރިއަކީ ވެސް ހަމައެކަނި ﷲ ތަޢާލާއެވެ.

މިކަންކަން ބަޔާންވެގެންވުމާއިއެކު މިދުޢާއަކީ މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ! 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

 

މިއަދު އޮންލައިން