ތިބާ ތިއަކުރީ ހާދަ ރަނގަޅު ކަމެކޭ އުޑުން ގޮވާލެވެން ބޭނުންހެއްޔެވެ؟: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިބާ ތިއަކުރީ ހާދަ ރަނގަޅު ކަމެކޭ އުޑުން ގޮވާލެވެން ބޭނުންހެއްޔެވެ؟: ޑރ. އިޔާޟް

ޙަދީޘްފުޅުގައި އޮތީ: 

ތިބާ ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ އުޑުން ގޮވާލައްވާނެތެވެ! "ތިއަކުރީ ހާދަ ރަނގަޅު ކަމެކޭ! (ބަލިމީހަކަށް ޒިޔާރަތްކުރިކުރުން ތިއައީ ހާދަހައިވާ ރަނގަޅު ކަމެކޭ!) ތިއަކަމަށްޓަކައި ތިބާއެޅި ކޮންމެ ފިޔަވަޅަކީވެސް ހާދަ ހެޔޮ ފިޔަވަޅެކޭ! (ބަލިމީހަކަށް ޒިޔާރްތަކުރުމަށް ގެއިން ނުކުމެ އޭނާ އެޅި ކޮންމެ ފިޔަވަޅަކީވެސް ހާދަ ހެޔޮކަންބޮޑު ކަމެކޭ!) ތިއަކަމުގެ ސަބަބުން (ބަލިމީހަކަސް ޒިޔާރަތްކުރުމުގެ ސަބަބުން) ތިބާއަށް ސުވަރުގެއިން ވަނީ ގަނޑުވަރެއް ތައްޔާރުކުރެވިފައޭ!" 

މިއީ ވަރަށް އާދައިގެ ގޮތަކަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކުޑަކުޑަކުޑަ ޢަމަލެކެވެ. މިކުޑަކުޑަ ކަމުގެ ސަބަބުން ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ޘަވާބާއި ދަރުމަ އެބަ ދެއްވަވައެވެ. ވީމާ ހެޔޮ ޢަމަލުތައްކުރަން ބޭނުންވެގެން އުޅޭ މީހުން މިފަދަ ޢަމަލުތައް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ބަލިމީހާއަށ ޒިޔާރަތްކުރުމުން ބަލިމީހާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދެއެވެ. އަދި އެކަމަކީ އޭނާއަށް ﷲ ގެ ޙަޟްރަތުން ޝިފާލިބުމަށް ވަރަށް ބޮޑު ހިތްވަރަކަށްވެސްވެގެންދެއެވެ. 

މީގެ އިތުރުން ބަލިމީހުންނަށް ޒިޔާރަތްކުރުމުން އެމީހަކަށް ﷲ ތަޢާލާ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ދެއްވަވާކަން އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުން އެނގިގެންދެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން