ދުޢާކުރުމުގަ މާޔޫސްނުވާތި! ކުރާ ދުޢާ ދުނިޔޭގަ ޢިޖާބަކުރައްވަވައި ނުދެއްވެވިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދުޢާކުރުމުގަ މާޔޫސްނުވާތި! ކުރާ ދުޢާ ދުނިޔޭގަ ޢިޖާބަކުރައްވަވައި ނުދެއްވެވިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!: މުފްތީ މެންކް

ތިބާ ކަމަކަށް އެދި ދުޢާކުރަނީއެވެ. ނަމަވެސް އެކަން ހިންމަވައެއް ނުދެއްވަވައެވެ. އަހަރު، 2 އަހަރު، 3 އަހަރު ފާއިތުވެގެން ދިއައީއެވެ. 10، 20 30 އަހަރު ފާއިއތުވެގެން ދިއައީއެވެ. ނަމަވެސް މާޔޫސްވެ ދުޢާކުރުން ހުއްޓައެއް ނުލަމުއެވެ. ތިބާ ގެންދިއައީ ހެޔޮ އަމަލުތައް ކުރުމާއި ދުޢާކުރުން ގިނަކުރަމުންނެވެ.  

އެއިރުން ވާނެ ގޮތް ިސްނޭ ހެއްޔެވެ؟ ތިބާ ކުރި ހެޔޮ ޢަމަލުތަކާއި ދުޢާތަކުގތެ ސަބަބުން އެކަމަށް އެންމެ ފައިދާހުރި ވަގުތުގައި ﷲ ތަޢާލާ ތިބާގެ ދުޢާ ޢިޖާބަކުރައްވަވައިދެއްވަވާނެތެވެ! ދުޢާކުރި މިންވަރަށްވުރެވެސް ގިނަ ރަޙްމަތްފުޅުތަކާއިއެކުގައެވެ! އެއީ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން ލަސްވަމުންދިއައިރުވެސް މާޔޫސް ނުވެ ދުޢާކުރުންމަތީގައި ސާބިތުވީތީއެވެ! 

އެވަގުތު އުފަލުން ތިބާގެ ހިތް ފުރިގެންދާނެއެވެ! ދުޢާ ޢިޖާބަ ނުކުރައްވަވާއިރު ތިބާއަށް ލިބުނު ހިތްދަތިކަން އެކުގައި ހަނދާންނެތިގެންވެސްދާނެއެވެ!

ވީމާ އެއްވެސް މީހަކު ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްނުވާށެވެ! ލަސްކުރައްވަވަނީ ވެސް ތިމާއަށް ރަޙްމަތަކަށްކަމުގައި ޔަޤީންކުރާށެވެ! އަދި ކީއްހެއްޔެވެ؟ ތިބާ ކުރާ ދުޢާ  ދުނިޔޭގައި ޢިޖާބަ ނުކުރައްވަވައި އާޚިރަތް ދުވަހު ޢިޖާބަ ކޮށްދެއްވަވަން ބެހެއްޓެވުމަކީ މާމަތިވެރި ނިޢްމަތެކެވެ! އެކަން ފެނިގެންދާހިނދު ތިމާ ކުރި އެއްވެސް ދުޢާއެއް ދުނިޔޭގައި ހުއްޓާ ޢިޖާބަ ނުކުރެއްވެވި ނަމަ ކިހައި ރަނގަޅުވީސްކަން ޤަބޫލުކުރެވި ދުނިޔޭގައި ހުއްޓައި ދުޢާ ޢިޖާބަކޮށްދެއްވެވީތީ ހިތާމަވެސް ކުރާނެއެވެ! 

ވީމާ ތިބާ ކުރާ ދުޢާ ދުނިޔޭގައި ހުއްޓައި ޢިޖާބަކުރައްވަވައި ނުދެއްވެވުމުން ލިބޭ އުފާވެރިކަމުގެ ބޮޑުކަން މާބޮޑޑުކަން އެނގި ޔަޤީންވާއިރުވެސް ދުޢާ ޢޖާބަކުރައްވަވައި ދެއްވެވުން ލަސްވެގެން ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ އޮތީ އުފާކުރުން ނޫންހެއްޔެވެ؟  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން