މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަހަރެމެންގެ ކައިވެންޏަށް 15 އަހަރުވެއްޖެއެވެ. އަހަރެންގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ، ވަރަށް ރަނގަޅު އަންބެކެވެ. ޢާއިލީ ކަންކަމުގެ އިތުރުން މިސްކިތުގެ މަސައްކަތްތަކުގައިވެސް ބައިވެރިވެއެވެ.
އަހަރެމެންގެ ދިރިއުޅުމުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހާމައެއް ނުކުރަމެވެ. ވީޑިއޯ އާއި ފޯޓޯތައް ޢާންމެއް ނުކުރަމެވެ. އެއިގެ މާނައަކީ އަހަރެމެންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ނުވުމެއް ނޫނެވެ. އަހަރެމެން އުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.
އަހަރެންގެ މަސައްކަތަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އަނބިމީހާގެ ކިބައިންނެވެ. ދީނަށް ދަޢުވަތުދޭން މިކުރާ ދަތުރުތައްވެސް ކުރެވެނީ އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭތީއެވެ.
ވީމާ ސޯޝަލް މީޑިއާގައި އިޝްތިހާރުނުކުރާތީ އެއްވެސް ދެމަފިރިއަކު ދިރިއުޅެނީ އުފަލުގަ ނޫންކަމަށް ހީނުކުރާށެވެ!
- އިމާމް ޢުމަރު ސުލައިމާން