އެންމެ އުފަލުގަ ތިބޭނީ މާޒީގަ ލިބިފައިވާ ދެރައަށް ހިތާމަނުކޮށް އުފާކުރާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ އުފަލުގަ ތިބޭނީ މާޒީގަ ލިބިފައިވާ ދެރައަށް ހިތާމަނުކޮށް އުފާކުރާ މީހުންނަށް!

މުސްލިމުން އަބަދުވެސް ޤަބޫލުކުރަންވާނީ މާޒީއަކީ ޢިބްރަތެއް ކަމަށެވެ! މުސްލިމުންނަށް އޮތީ ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުމެވެ! ވީމާ މުސްލިމުންނަކީ މާޒީގައި ލިބިފައިވާ ގެއްލުންތައް ހަދާންކޮށް އެކަންކަމަށްޓަކައި ހިތާމަކޮށްގެންވާނެ ބައެއް ނޫނެވެ!

އެހެނީ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ! ވީމާ ޤަބޫލުކުރަންޖެހޭނީ ކޮންމެ ކަމެއްވެސް ކުރިމަތިވީ އެމީހަކަށް ރަނގަޅަކަށް ކަމަށެވެ! ހިތް ދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް އެކަން މިންވަރުކުރެއްވެވީ ވެސް ތިމާއަށް ރަނގަޅަކަށް ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވުމުން ލިބިގެންދާނެ ފައިދާތަކެއް ހުންނާނެ ކަމެވެ!

ކޮންމެ ޙާލަތަކީވެސް އިމްތިޙާނެކެވެ. ހިތްދަތި ޙާލަތެއް ނަމަވެސް އަދި އުފާވެރި ޙާލަތެއް ނަމަވެސްމެއެވެ. ވީމާ މުސްލިމުންނަށް އޮތީ އެ އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

ވީމާ ދެދުނިޔެ ޙާޞިލުކުރަން އެދޭ މީހާ ފުރަތަމަ ކަމަކަށް އޭނާ އާއި ކުރިމަތިވާ ގޮންޖެހުންތަކާއި ސާބިތުކަމާއިއެކު ކުރިމަތިލާށެވެ! ކެތްތެރިކަމާއިއެކު މަސައްކަތްކޮށް ކާމިޔާބީ ޙާޞިލުކުރާށެވެ! އަދި ލިބުނު ފިލާވަޅަކީ މުސްތަޤްބަލުގައި ތިމާ މައްޗަށް އަރައިގެންދާނެ ހަރުފަތްތަކަކަށް ހަދާށެވެ!

އެހާލަތުގައި އުޅޭއިރު ވެސް ދެބައަކަށް މީހުން ތިބޭނެއެވެ. އެއްބައަކު ހެޔޮ ނަޞޭޙަތްދީ ހިތްވަރުދޭނެއެވެ. އަނެއް ބައަކު މަލާމާތާއި ފުރައްސާރަވެސް ކުރާނެއެވެ. ފާޑުވެސް ކިޔާނެއެވެ. އެތަނުން ހެޔޮ ނަޞޭޙަތްދީ ހިތްވަރުދޭ މީހުންގެ ބަސް ޤަބޫލުކުރާށެވެ! އެމީހުންނަށް ޝުކުރު އަދާކުރާށެވެ! ފާޑުކިޔައި މަލާމާތާއި ފުރައްސާރަކުރާ މީހުންގެ އަޑުވެސް ނުއަހާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން