މާޔޫސްނުވާތި!: "އެކަނިވެރި" މައިންފަދަ ނަންތައް ކީނަމަވެސް އެއްވެސް އެކަނިވެރިއަކު ނުހުންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާޔޫސްނުވާތި!: "އެކަނިވެރި" މައިންފަދަ ނަންތައް ކީނަމަވެސް އެއްވެސް އެކަނިވެރިއަކު ނުހުންނާނެ!: މުފްތީ މެންކް

އެއީ ކުރަން ކިތަންމެ ގޯސްކަމެއް ނަމަވެސް މައިން ބަފައިންވެސް ޢާއިލާގެ އެންމެންވެސް ތިބާ ދޫކޮށްލައިފާނެއެވެ. އެންމެ ލޯބިވާ ދަރިންވެސް މެއެވެ. އަދި އެންމެ ލޯބިން ކައިވެނިކުރި ބައިވެރިޔާވެސްމެއެވެ. ނަމަވެސް ތިބާ ﷲ ތަޢާލާ އާއިއެކުގައި ވާހައި ހިނދަކު ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ. ތިބާ އާއި އެންމެ ގާތުގައި ވޮޑިގެންވާނެތެވެ.

އެންމެ ގިނަ ބައަކަށް ނުވިސްނޭ ނުވަތަ ޤަބޫލުނުކުރެވޭ އެއްކަމަކީ އެއްވެސް މީހަކު އެކަނި ނުހުންނާނެ ކަމެވެ! އެކަނިވެރި ނުވާނެކަމެވެ. އެހެނީ އަބަދުވެސް ގެއްލޭނީ 3 ވަނަ ފަރާތެވެ! ޔަޤީންކުރަން ޖެހޭ ކަމަކީ ތިމާ އާއިއެކު 2 ވަނަ ފަރާތެއްގެ ގޮތުގައި އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ.

ތިމާ އާއި އަބަދުވެސް ވަކިވާނީ ތިމާ އާއި ގުޅޭ އިންސާނުންނެވެ. މީހަކު އުފަންވާ ހަމައިން ދުވަހަކު ވެސް އެމީހަކާއި ﷲ ތަޢާލާ ވަކިވެވޮޑިގެނެއް ނުވެއެވެ. ދުނިޔޭގައި ވެސް، މަރުވުމުން ކައްވަޅުގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކާއިއެކު ވޮޑިގެންވެއެވެ. އެކަން ޤަބޫލު ނުކުރެވި ﷲ ތަޢާލާ އާއި ދުރުހެލިވެވެނީ މީސްތަކުންނަށެވެ.

ކަންބޮޑުވުމާއި ހާސްވުމާއި ނުތަނަވަސްކަން އިތުރުވެ ނަފްސާނީ ބަލިތަކާއި ދިމާއަށް މީހުންނަށް ދެވެނީ ތިމާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރެވޭތީއެވެ! އެކަން ޤަބޫލުކޮށް ﷲ ތަޢާލާ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދިއުމަކީ މައްސަލައަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން