މަޖަލަކަށް ހަދައިގެން ދީނުގެ ކަންކަމަށް ފުރައްސާރައިގެ ބަސް ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
މަޖަލަކަށް ހަދައިގެން ދީނުގެ ކަންކަމަށް ފުރައްސާރައިގެ ބަސް ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟

މަޖަލަކަށް ހަދައިގެން ދީނުގެ ކަންކަމަށް ފުރައްސާރައިގެ ބަސް ބުނުމަކީ ކޮންކަމަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

މަޖަލަކަށް ނަމަވެސް ދީނުގެ ޝިޢާރުތަކަށާ ދީނުގެ ރުކުންތަކަށް ޖޯކުޖެހުމަކީ ވަރަށް ނުބައިކަން ބޮޑުވެގެންވާ ފާފައެއް!: ޝައިޚް އާދަމް ނިޝާން

سبحان الله

މަޖަލަކަށް ނަމަވެސް ދީނުގެ ޝިޢާރުތަކަށް، ޚާއްޞަގޮތެއްގައި ދީނުގެ ރުކުންތަކަށް ޖޯކުޖެހުމަކީ ވަރަށްވެސް ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އެކަމަކީ އެކަމުގެ ސަބަބުން އެކަން ކުރާ މީހާ ދީނުންވެސް ބޭރުވެގެންދާފަދަ ނުރައްކާތެރިކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

(وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ) سورة التوبة:65

"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، الله އާއި، އެއިލާހުގެ އާޔަތްތަކާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟

(لَا تَعۡتَذِرُوا۟ قَدۡ كَفَرۡتُم بَعۡدَ إِیمَـٰنِكُمۡۚ إِن نَّعۡفُ عَن طَاۤىِٕفَةࣲ مِّنكُمۡ نُعَذِّبۡ طَاۤئفَةَۢ بِأَنَّهُمۡ كَانُوا۟ مُجۡرِمِینَ) سورة التوبة:66

"ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިއަބައިމީހުންގެ ތެރެއިން ބައަކަށް ތިމަންރަސްކަލާނގެ ޢަފޫ ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ ޢަޛާބް ދެއްވަވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބައަކު ކަމުގައި ވީކަމަށްޓަކައެވެ."

ﷲ ތަޢާލާގެ މަޖަލަކަށް ނަމަވެސް މިފަދަ ކަންތައްތައް ކުރައްވާ ފަރާތްތަކުންވެސް، އަވަހަށް ﷲ އަށް ތައުބާވެ އެއިލާހުގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަޞޭޙަތްތެރިވަމެވެ!.

ﷲ ތަޢާލާ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވައި، އެޔަށް ޢަމަލުކުރުމުގެ ތައުފީޤް ދެއްވާށިއެވެ!

آمين يا رب العالمين

ޝައިޚް އާދަމް ނިޝާން މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ބައަކު ނަމާދުކުރުމަށް ފުރައްސާރަކޮށް ޖޯކްޖަހައި ހެދުމުން ސަމާސައަކަށްވެސް އެފަދަ ކަންކަން ކުރުމުގެ ޙުކުމް ބަޔާންކޮށްދެއްވައި އެފަދަ ކަންކަން ނުކުރުމަށް ނަޞޭޙަތްތެރިވެވަޑައިގަތުމަށެވެ!

 

މިއަދު އޮންލައިން