ސުންނަތް ނުކުރެވޭ މީހުންނަށް ޚާއްޞަ: މައްޗަށް އަރަން ބޭނުންވަނީ ސިޑިއަކުން ހެއްޔެވެ؟ ނޫނީ ލިފްޓަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސުންނަތް ނުކުރެވޭ މީހުންނަށް ޚާއްޞަ: މައްޗަށް އަރަން ބޭނުންވަނީ ސިޑިއަކުން ހެއްޔެވެ؟ ނޫނީ ލިފްޓަކުން ހެއްޔެވެ؟

ތިބާ ބޭނުންވަނީ މަތީ ފަންގިފިލާތަކަށް މައްޗަށް އަރައިގެންދާށެވެ. އަރަން މިއޮތީ ދެގޮތެކެވެ. އެއީ ސިޑިއަކުން އެރުމާއި ލިފްޓަކުން އެރުމެވެ.

ސިޑިއަކުން މައްޗަށް އަރާނަމަ ބޮޑެތި ތަކްލީފްތައް އުފުލަންޖެހެއެވެ. ގައިން ހަކަތަތަކެއް ބޭރުވެގެންދެއެވެ. ވަރުބަލިވެސްވެއެވެ. ލިފްޓަކުން އަރާނަމަ އެފަދަ އެއްވެސް ބުރަކަމެއް ނެތި ނުހަނު ފަސޭހައިން މައްޗަށް އަރައިގެންދެއެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހަމައެކަނި ފަރުޟު އަދާކުރާ މީހާގެ މިސާލަކީ ސިޑިއަކުން މައްޗަށް އަރާ މީހެއްގެ މިސާލެވެ! ފަރުޟު އަދާކުރަމުން ސުންނަތަށް އަމަލުކުރުމުގަ ސާބިތުވާ މީހާގެ މިސާލަކީ ލިފްޓަކުން މައްޗަށް އަރާ މީހާގެ މިސާލެވެ! މައްޗަށް އަރައިގެން ދާން ބޭނުން ގޮތެއް އިޚްތިޔާރުކުރުން އޮތީ ތިބާއަށެވެ. 

ފަރުޟުތައް އަދާކުރުމަކީ ކޮންމެ މީހަކަށްވެސް ކުރުން ވާޖިބުކަމެކެވެ. ސުންނަތަކީ އިޚްތިޔާރީ ކަމެކެވެ. ދެން މިގޮތަށްވެސް ވިސްނައިލާށެވެ. ބަނޑުހައިވާތީ ކާން މަޖުބޫރުވެއެވެ. ހަަމއެކަނި ބަތްކޮޅެއް ނުވަތަ ޕާންފޮތްޗެއް ކެއިނަމަވެސް ބަނޑުބޮޑުވާނެއެވެ. ނަމަވެސް މީރުކޮށް ކައިލެވޭނީ ރިހަ ނުވަތަ އެނޫންވެސް އެއްޗެތިއަޅައި އެއްކޮށްގެން ނޫންހެއްޔެވެ؟ 

ކުރިން މިބުނި ފަދައިން ފަރުޟު އަދާކުރުމަކީ ވާޖިބުކަމެކެވެ. ސުންނަތް އަޅުކަންކޮށް ސުންނަތަށް ޢަމަލުކުރުމަކީ ﷲ ތަޢާލާ ދެކެ ލޯބިން އެކަލާނގެ ރުހިވޮޑިގަތުން އިތުރަށް ހޯދަންކުރާކަމެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ހޯދަން މަސައްކަތްކުރާ މީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެވަރު ހިތަށް އަރުވާށެވެ!

 

- އިސްލާމީ ތިަލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން