ކުރިން ނަމާދުނުކުރާ މީހަކަށް ތައުބާވެ، ގެއްލިފައިވާ ރޯދަތައް ޤަޟާނުކޮށް ސުންނަތް ރޯދަހިފަން ފެށިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކުރިން ނަމާދުނުކުރާ މީހަކަށް ތައުބާވެ، ގެއްލިފައިވާ ރޯދަތައް ޤަޟާނުކޮށް ސުންނަތް ރޯދަހިފަން ފެށިދާނެތަ؟

ސުވާލު:. އެއްގޮތަކަށް ރޯދަނުހިފާ ނަމާދުނުކޮށްއުޅޭ މީހެއް، ދެން މިހާރު ބޭނުންވަނީ އިސްލާހުވެ ކުރިޔަށް އޮތް ރޯދަމަހުގެ ޘަވާބާއި ދަރުމަ ލިބިގެން އުޅުން ބަދަލުކޮށްލަން. ޝަޢުބާންމަހު އޭނަޔަށް ރޯދަ ހިފިދާނެތޯ ސުންނަތް ރޯދައިގެ ގޮތުގައި؟   

ޖަވާބު:. ލައްބަ! ހިފިދާނެ! ކުރިން އޭނައަކީ ނަމާދު ނުކުރާމީހަކަށް  ވީތީވެ އޭރު ދޫކޮށްފައިހުރި ރޯދަތައް ޤަޟާ ކުރާކަށް ނުޖެހޭނެ. އޭގެ ބަދަލުގައި ޝަހާދަތްކިޔާ އިސްލާމްވެ ކުރީގައި ކުރެވުނު ކަންތަކަށް ތަޥްބާވެހެޔޮ ޢަމަލު ކުރުން ގިނަކުރާނީ. 

ޖަވާބު ދެއްވި: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޝަޢްބާން މަސް އަދި އޮތީ ވަރަށް ދުރުގައެވެ. ވީމާ ޖަވާބުގައިވާ ފަދައިން މިހާރުންސުރެ އަވަހަށް ޝަހާދަތްކިޔައި އިސްލާމްވެ ކުރީގައި ކުރެވުނު ކަންތަކަށް ތަޥްބާވެ މިހާރުން ފެށިގެންވެސް ސުންނަތް ރޯދަތައް ހިފަން ފަށަންވީއެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން އޮތީ އަވަސްވެގަތުމެވެ.

 

މިއަދު އޮންލައިން