އަހަރެމެންގެ ތެރެއިން ގިނަ ބައަކު އަބދުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅޭ އެއްކަމަކީ ޙައްޖަސްދާނެ ފައިސާ އަތުގައި ނެތުމެވެ. ޙައްޖަށް ނުދެވިގެންނެވެ. ރަނގަޅެވެ. ޙައްޖުވުމަކީ އަދާކުރަންޖެހޭ ފަރުޟެކެވެ. ނަމަވެސް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއަށެވެ. ކުޅަދާނަކަން ނެތް މީހުންގެ ޙާލަތު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
ޙައްޖަށްދާން އެވަރަކުން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ ސުވަރުގެ ދިއުމުގެ ބޭނުމުގައި ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ސުވަރުގެ ދިއުމަށްޓަކައި ގޭގައި އިން މަންމައަށް ޚިދުމަތްކުރަން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ މަންމައަށް ޚިދުމަތްކޮށްގެން ސުވަރުގެ ވަންނަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟
ބަލަ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރި ޢަމަލެއްކަން އެނގެން ނެތީހެއްޔެވެ؟ ޖިހާދަށް ދާން އުޅުނު ޒުވާން ޞަޙާބީއަކު ހުއްޓުވައި މައިމީހާގެ ޚިދުމަތަށް ފޮނުއްވެވިކަން ހަނދާންނެތީހެއްޔެވެ؟
މީސްތަކުންނޭވެ! މިއީ ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ. އަހުރެން ހަނދާންކޮށްމިދެނީ އިސްލާމްދީނުގައި މައިންބަފައިންނަށް، ޚާއްޞަކޮށް މައިންނަށް ދެއްވަވާފައިވާ މަތިވެރި ޤަދަރުގެ ވާހަކައެވެ. އެމީހުންނަށް ޚިދުމަތް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމެވެ.
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން
ކަންއޮތީ މިމަގުން ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ޤަބޫލުކުރެވެނީ މައިންބަފައިން ބެލުމަކީ ތަކްލީފެއް ކަމަށެވެ. ޢުމުރުން ދުވަސްވެ 65 އަހަރުފުރި ޕެންޝަނުގެ ފައިސާ ލިބޭނަމަ ތިމާމެން ކޮށްދޭންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ.
ޝައިޚް ވިދާޅުވެފައިއެވާމަގުން ސުވަރުގެ ޙާޞިލްކުރަން އެދޭ މީހާ އެވިސްނުން ދޫކޮށްލަން ޖެހެއެވެ. މައިންބަފައިންނަށް ލިބޭ ޕެންޝަނުގެ ފައިސާ އެމީހުންގެ އުފަލަށް ދޫކޮށްލާފައި ދަރިން އެމީހުންގެ ކަންކަން ކޮށްނުދޭނަމަ އެދަރިންގެ ހެޔޮކަމުގެފަތަށް ބުރަވާނީ ކޮން ގޮތަކުންހެއްޔެވެ؟
މިދަރުސްގެ މަޢުލޫމާތު ނަގާފައިވަނީ 2 މިލިއަން ފަޤީރުންނަށް ކާންދޭން ޖަމާޢަތަކުން ކޮށްފައިވާ މަސައްކަތެއްގެ ތެރެއިންނެވެ. އެންމެ ޑޮލަރެއް ހަދިޔާކުރެއްވުމުން 2 ފަޤީރުންނަށް ކާންދެވޭނެކަމަށް ބުނެއެވެ.
އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް:
Help TDR Team Feed 2 Million Meals To The Needy! - $1 Feeds 2 Meals: https://www.launchgood.com/FeedTwoMil...
GoFundMe: https://www.gofundme.com/FeedTwoMillion
PayPal In USD: http://tdr.network/Feed2Million
PayPal In GBP: http://tdr.network/FeedTwoMillion