ޢާއިލާގެ މީހަކަށް ނަމަވެސް ކޮންމެ ދުވަހަކު ކޮންމެވެސް މީހަކަށް ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތެއް ކުރުމަކީ ނަރަކައާ ދެމެދަށް އެޅޭ ހުރަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޢާއިލާގެ މީހަކަށް ނަމަވެސް ކޮންމެ ދުވަހަކު ކޮންމެވެސް މީހަކަށް ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތެއް ކުރުމަކީ ނަރަކައާ ދެމެދަށް އެޅޭ ހުރަހެއް!

ކޮންމެމީހަކަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ނަރަކައިން ދިންނެވުން އެދިގެން މަސައްކަތްކުރުމެވެ. އެގޮތުން ބަލައިފިނަމަ ނަރަކައިން ސަލާމަތްވުމާއި ކިތަންމެ ކުޑަކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކުރުމަކީ ވަރަށް ބޮޑަށް ގުޅުންހުރި ކަމެކެވެ.

ރަސޫލް (ﷺ)ގެ ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރެއް ޞަދަޤާތްކޮށްގެން ވެސް ނަރަކައިން ސަލާމަތްވުމަށެވެ. މިވާހަކަ ހުކުރު ޚުޠުބާތަކުގައިވެސް ވަރަށް ގިނައިން ކިޔައެވެ. ދަރުސްތަކުގައި ޢިލްމުވެރިން ވަރަށް ގިނައިން ފާހަގަކުރައްވައެވެ.

ދުރު މީހުންނަށްވެސް ޞަދަޤާތް ދޭށެވެ. ހަމައެއާއިއެކު މައިން ބަފައިންނަށާއި ޢާއިލާގެ މީހުންނަށް ވެސް ޞަދަޤާތްކުރާށެވެ! އަނބިދަރިންނަށްވެސް ޞަދަޤާތްކުރާށެވެ! ޔަޤންކުރަން މަސައްކަތްކުރަވީ ކަމަކީ އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކިތަންމެ ކުޑަ މިންވަރަކުން އެންމެ މީހަކަށް ނަމަވެސް ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރެވޭ ކަމެވެ.

އަހަރެމެން މީހަކަށް 10 ޑޮލަރު ނުވަތަ އެމީހަކަށް ކުރެވެން އޮތްވަރަކަށް ޞަދަޤާތް ކުރުމުން ﷲ ތަޢާލާއަށް ކުރާނެ އެއްވެސް މަންފާއެއް އޮންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ﷲ ތައާލާ ވަނީ ހުރިހާ ކަމަކުން ފުދިވޮޑިގެންނެވެ. އެއްވެސް އެހެން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ.

އިޚްލާޞް ސޫރަތުގެ 2 ވަނަ އާޔަތް ކިޔައިބަލާށެވެ. "ﷲއީ، އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނެގެ އެވެ." އޮތުމުން ވެސް މިކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟

މީސްތަކުންނޭވެ! އެމީހަކަށް ކުރެވެން އޮތްވަރަކުން ގިނަގިނައިން ޞަދަޤާތް ކުރަންވީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށްޓަކައެވެ. އާޚިރަތް ދުވަހުން ސަލާމަތްކަން ލިބިގަތުމަށެވެ. ތިމާއަށް ކުރެވޭ ކުޑަކުޑަ ޞަދަޤާތެއްގެ ސަބަބުން ވިޔަސް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަންތަ އަޅަކަށް ވުމުގެ ބޭނުމުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން