ސުވާލު:. ވިތުރިކުރަން ހުއްޓާ ވިތުރިކޮށް ނުނިމެނީސް ފަތިސް ނަމާދު ބަންގި ގޮވިއަސް ވިތުރިކޮށް ނިންމާލާނީތޯ އެވެ. މިޙާލަތުގައި ވިތުރިކުރި ކަމުގެޘަވާބު ލިބޭނެތޯ އެވެ. އަދި ކުރި ވިތުރި ސައްހަވާނެ ތޯއެވެ؟
ޖަވާބު:. ވިތުރި ސައްޙަވާނެ އިންޝާﷲ ޘަވާބުވެސް އުނިނުވެ ލިބޭނެ.
އިތުރު ސުވާލެއް:
ސުވާލު:. އޮތްތަނުން ނުތެދުވެވޭ މީހެއް ނަމާދުކުރަން ވުޟޫ ކުރާނީ ކިހިނެތް؟
ޖަވާބު:. އެހީތެރިޔަކު ވުޟޫގެ ގުނަވަންތަކުގައި ފެން ހާކާލަ ދޭނީ
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް