އަންހެނުން މަގުމައްޗަށް ނުކުތީމާ ފިރިހެނުންނަށް ވިއްކަން ޝައިޠޯނާ ބޭނުންކުރާ ނުރައްކާތެރި މިއުކުޅުތަކަށް ކަނބަލުން ވަރަށް ބޮޑަށް ހުޝިޔާރުނުވިއްޔާ އަންގާވެސްނުލާ ވިއްކައިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަންހެނުން މަގުމައްޗަށް ނުކުތީމާ ފިރިހެނުންނަށް ވިއްކަން ޝައިޠޯނާ ބޭނުންކުރާ ނުރައްކާތެރި މިއުކުޅުތަކަށް ކަނބަލުން ވަރަށް ބޮޑަށް ހުޝިޔާރުނުވިއްޔާ އަންގާވެސްނުލާ ވިއްކައިލާނެ!

އަންހެނުން ގެއިން ބޭރުގައި އުޅޭއިރު އޭނާގެ އަޞްލު ސިފައަށްވުރެ މާރީތި އަންހެނުންގެ ގޮތުގައި ފިރިހެނުންނަށް ފެންނާނެއެވެ. އެކަމުގެ ސަބަބުން އެކަނބަލުންގެ މައްޗަށް ފިރިހެނުންގެ ހިތުގައި އުފެދޭ ޝައުޤުވެރިކަން ބޮޑުވެގެންދާނެއެވެ.

ފިރިހެނުންނަސް އޭނާ ފެންނާނީ އެއަންހެންމީހާއަކީ އޭނާގެ ހިތް އެދޭ ކަންކަން އެންމެ ފުރިހަމައަށް ފުއްދައިދޭނެ އަންހެނެއްގެ ގޮތުގައެވެ. އަނހެން މީހާގެ ސިފަ ބަދަލުކޮށްލާވަރުން އޭނާގެ އަޞްލް ސިފަ ނުވެސް ފެންނާނެއެވެ. އެއީ ޝައިޠޯނާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ޖަހާ ދަންތުރައެކެވެ.

ފިރިހެންމީހާ އެންމެ ޝައުޤުވެރިވާ ދާއިރާތައް ޝައިޠޯނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ އޭނާއަކީ އެކަންކަމަށް ވަރަށް ކުރީގައި ހުރިއަންހެނެއްކަމުގެ ޔަޤީންކަން ޝައިޠޯނާ ދޭނެއެވެ.  

ޙަޤީޤަތުގައި ޝައިޠޯނާ މިކުރާ ކަމަކީ ވަރަށް ހީލަތްތެރިގޮތަކަށް އަންހެންމީހާ ވިއްކައިލަނީއެވެ. އެކަން އެކަނބަލުންނަށްވެސް އަދި މަޅީގައި ޖެހޭ ފިރިހެނުންނަށްވެސް ނުއެނގެނީއެވެ.  

ޝައިޠޯނާއަކީ އޭނާ ބޭނުންވާ ކަންކަން ކުރުވުމަށްޓަކާ އަބަދުވެސް ބޮޑެތި ދޮގުތައް ހަދާ ދޮގުވެރިއެވެކެވެ. ނުބައިކަން ރަނގަޅު ފައިދާހުރި ކަންކަމުގެ ގޮތުގައި ޒީނަތްތެރިކުރުވައިގެން ވަސްވާސްދޭ އެއްޗެކެވެ. އާދަމްގެފާނަށާއި ޙައްވާގެފާނަށް ﷲ ތަޢާލާ މަނާކުރެއްވެވި ގަހުން ފަރިއްކުޅުވުމަށްޓަކައި އެގަހުގެ މޭވާގެ ފައިދާ ޒީނަތްތެރިކުރިވަރު އެކަނިވެސް މިބުނާ ބަހުގެ ދަލީލަކަށް ފުދޭނެއެވެ. އަދި ޝައިޠޯނާއަކީ ދޮގުވެރިއެއްކަމަށް ރަސޫލް ކުރައްވަވާފައިވާ ޙަދީޘްފުޅުން ޔަޤީންކަން އިތުރުވެގެންދާނެއެވެ.  

މަގުމަތިން ރީތި އަނހެނަކު ފެނިއްޖެނަމަ އަވަހަސް އަނބިމީހާގެ ގާތަށް ދިއުމަށް ރަސޫލާ ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. 

ލޮބުވެތިކަނބަލުންނޭވެ! މިބަޔާންކުރި ކަންކަމަށް ރައްކައުތެރިވުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައެވެ. ފުރަތަމަކަމަކަށްވެސް އިސްލާމްދީނުގައިވާ މަގުން ފޭރާންލައިއުޅޭށެވެ. ފަތިސްނަމާދުން ރައްކައުތެރިކަން ހޯދާށެވެ. ދެއިރު ކިޔަންޖެހޭ ޛިކުރުތައް ކިޔަމުންގެންދާށެވެ. ގެއިން ނުކުންނައިރު ކިޔަންޖެހޭ ޛިކުރްތައް ކިޔާފައި ނޫނީ ނުނުކުންނާށެވެ! ކިތަންމެ ކުޑަ އިރުކޮޅަކަށް ކިތަންމެ ކައިރީގައި ހުރިތަނަކަށްދާން ނަމަވެސްއެވެ. އެންމެ ކުޑަމިނުން ކުރިމަތީގައި ހުރި ފްލެޓަށްދާން ވެސްމެއެވެ.    

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން