ރޯނެ މުއްދަތެއް ކަނޑައަޅައި ތެދުވެ ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރާ މީހާ ނުހުއްޓުވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރޯނެ މުއްދަތެއް ކަނޑައަޅައި ތެދުވެ ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރާ މީހާ ނުހުއްޓުވޭނެ!: މުފްތީ މެންކް

ހިތްދަތިކަމާ މާޔޫސްކަމުގައި ގިނަ ދުވަސްތައް ހޭދަކުރަންޖެހިފައިވާ މީހުންނާއި އަނިޔާ ލިބެމުންދާ މީހުންނާއި އެނޫންވެސް ހިތްދަތިޙާލަތުގައި އުޅެންޖެހިފައިވާ މީހުންގެ ލޮލުން އޮހޮރަމުން ގެންދާ ކަރުނަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އޭނާގެ ހިތަށް ކުރާ އަސަރުތައްވެސް މެއެވެ. ހިތުގައި އަޅާ ވޭންތައްވެސްމެއެވެ!

ކުރިމަތިވާ ޙާލަތާއި ގުޅިގެން ނުރޮއި ކެތް ނުކުރެވޭނަމަ ރޯށެވެ! ނަމަވެސް ރުއިން ހުއްޓާލަން މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް މުއްދަތެއްވެސް ކަނޑައަޅަންވާނެއެވެ.

އެންމެ މުހިންމު ކަމަކީ އައު ޢަޒުމަކާއިއެކު ކުރިމަތިލުމުގެ ހިތްވަރު ލިބިގަތުމެވެ. ބާރަށް ކުރިއަށް ދިއުމުގެ ކުޅަދާނަކަން ލިބިގަތުމެވެ. ވީމާ ސާބިތުވާށެވެ! ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާކަން ޔަޤީންކުރާށެވެ! އެކަން ޔަޤީންކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާ ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން