އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ޙައްޤެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
މީސްތަކުން ދުނިޔޭގައި ލައްވަވައި ރިޒުޤް ދެއްވަވައި އަދި އެންމެހައި ނިޢްމަތްތައް މިންވަރު ކުރެއްވެވި ﷲ ތަޢާލާ ދުނިޔޭގައި މީސްތަކުން އުޅެން އަންގަވާފައިވަނީ އެކަލާނގެ ބާވައިލެއްވެވި އިސްލާމް ދީނަށެވެ. ނަމަވެސް މީސްތަކުން ޖާހިލުވެ އަމިއްލައަށް ދީންތައް އުފައްދައިގެންނާއި ﷲ ތަޢާލާ ކުރިން ބާވައިލެއްވެވި ފޮތްތަކަށް ބަދަލު ގެނެސް އެއީ ދީންތައް ކަމަށް ހަދައިގެންވެސް އެބައުޅެއެވެ.
އަދި ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ ތިންބައިކުޅަ އެއްބައި މީހުން އުޅެމުން ގެންދަނީ އެމީހުން އުފައްދާފައިވާ ދީންތަކަށެވެ! ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެމީހުނެގެ މައްޗަށް ކޯފާ ބާވައެއް ނުލައްވަވަތެވެ. ރިޒުޤްވެސް ދެއްވަވަތެވެ.
އެހެން ކަމާއިއެކު އިސްލާމް ދީނުގެ އިތުރުން އެއްވެސް ދީނަކުން ޤަބޫލުނުކުރާ، އަދި އެއްވެސް ބުއްދިއެއް ލިބިފައި ނުވާ ޖަނަވާރުވެސް ނުކުރާ ހަޑިމުޑުދާރު ޢަމަލުތަކަކީ އިންސާނީ ޙައްޤުކަމަށް ޤަބޫލުކުރާނީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ! މިދަންނަވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ވާހަކައެވެ. އެއީ ޖަނަވާރުވެސް ކުރާ ކަމެއް ނޫންކަމަށްވާތީއެވެ.
ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ މީހުން ރާއްޖޭގައި އެކި ނަންތައް ކިޔައި ޖަމާއަތް ހަދައިގެން އުޅެން ރާއްޖޭގައި ހުއްދަކުރަނީ އެ ހުއްދަކުރާ ބައަކުގެ ވިސްނުންވެސް އެފަދަ ދަށު ދަރަޖައިގައި ހުރުމުން ނޫންތޯއެވެ؟ އަދި އެފަދަ ޖަމާއަތްތައް ހިންގާ މީހުން ހިފައި ހައްޔަރުކުރުން ލަސްވަނީ އެކަން ކުރަން ތިބި މީހުން ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅު އެޅިގެން ތިބުމުން ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
އިންސާނީ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތަކާއި ބެހޭ ގޮތުން އުސްތާޛާ އަނާރާ ނަޢީމް ވިދާޅުވެފައިވެއެވެ. "ކުޑަ ކުދިންނާ, އަންހެނުންނާ, ފިރިހެނުންނާއި ކުދިބޮޑު އެންމެންނަށް, އެންމެ ބޮޑު ރައްކާތެރިކަމަކާއި އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ . މިކަން ޙައްޖަތުލް ވަދާޢުގެ ޚުޠުބާއިންވެސް އެނގޭނެއެވެ. އުފަލާއެކު މުސްލިމުން, ދީނުގެ އުޞޫލުތަކުގަ ހިފަހައްޓާށެވެ."
މިއީ މިކަމުގެ ޙަޤީޤަތް ހާމަވެގެންދާ އެންމެ ޙައްޤު ބަސްފުޅެވެ! އިސްލާމް ދީނުގައި ކަން އޮތް ގޮތެވެ! މުސްލިމުން ޢަމަލުކުރަންވީ ގޮތެވެ!