ތަނަވަސްކަން ދެއްވެވުމުން ނިކަމެތިންނަށް ހޭދަނުކުރާ މީހުން އެ ބިރުގަންނަނީ ޝައިޠޯނާއަށެވެ! އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ތަނަވަސްކަން ދެއްވެވުމުން ނިކަމެތިންނަށް ހޭދަނުކުރާ މީހުން އެ ބިރުގަންނަނީ ޝައިޠޯނާއަށެވެ! އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައެވެ!

ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ނިކަމެތިންނަށް ހޭދަނުކުރާ މީހުން އެބިރުގަންނަނީ ޝައިޠޯނާއަށެވެ! އެމީހުންގެ ގާތުގައި ޝައިޠޯނާ ބުނެ ބިރުދައްކަނީއެވެ! "އެމީހުންނަށް ދީފިނަމަ ކަލޭ ފަޤީރުވެދާނެއެވެ. ޢާއިލާ ނިކަމެތިވެދާނެއެވެ!" އެމީހުން އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައެވެ!

ﷲ ތަޢާލާގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި ޤަޞްދުނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!" (އަލްބަޤަރާ: 267)

"ފަޤީރުވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠޯނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠޯނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިޔަބައިމީހުންނަށް ވަޢްދުކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލް ވަންތަ ކަމަށެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އަލް ބަޤަރާ: 268)  

މީސްތަކުންނޭވެ! މިއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ! ﷲ ތަޢާލާ ޔަޤީންކަން އެދެއްވަވަނީ އެކަލާނގެ މަގުގައި ހޭދަކުރުމުން މާގިނައިން ދެއްވަވާނެ ކަމަށެވެ. ދެއްވަވާނީ ކިހިނަކުންހެއްޔެވެ؟ ތިބާކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައިގެންނެވެ. އާމްދަނީ އިތުރުކުރެވޭނެ މގުތައް ދައްކަވައިގެންނެވެ. އެކަމަށް ބޭނުންވާ ހަކަތައާއި ވަސީލަތްތައް ދެއްވަވައިގެންނެވެ.  

ވީމާ އާދޭސްކޮށްފައި ބުނަމެވެ. ފަޤީރަކު ކަމަކު ހިނގައްޖެނަމަ އޭނާގެ ބޭނުން ފުއްދައިދެވެން އޮވެ ފުއްދައިނުދީ ހުސްއަތާ ދޫކޮށްނުލާށެވެ! ފުއްދައިދެވެން އޮތް މިންވަރަކުން ނަމަވެސް ފުއްދައިދޭށެވެ! ތިބާއަށް އެއިގެ ބަދަލުގައި މާގިނައިން ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން