މުސްކުޅި ޢުމުރުގަ ޒިނޭކުރާ މީހާ ﷲ ޠޯހިރު ނުކުރައްވަވާނެތެވެ! ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މުސްކުޅި ޢުމުރުގަ ޒިނޭކުރާ މީހާ ﷲ ޠޯހިރު ނުކުރައްވަވާނެތެވެ! ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެއެވެ!

"އަޅުގަނޑުގެ ފިރިމީހާއަކީ ޢުމުރުން 60 އަހަރަށްވުރެ މަތީގެ މީހެކެވެ. އަޅުގަނޑަކީ އޭނާއަށްވުރެ 20 އަހަރު ހަގު އަންތބެކެވެ. ފިރިމީހާ މިހާރުވެސް 20 އަހަރުގެ ކުދިންނާއި ޒިނޭކުރާތީ އެކަން އިޞްލާޙްކުރަން ބުނުމުން ކުށްވެރިކުރަނީ އަޅުގަނޑެވެ. ފިރިމީހާ އެކުރަނީ ކުށެއްކަން ބުނެދޭން ކުރެވޭނީ ކޮންކަމެއްތޯ؟" 

ކިޔުންތެރިޔާގެ ތިއަ ކަންބޮޑުވުމަކީ ވަރަށް ބިރުހުރި މައްސަލައެކެވެ. އެކަމުގައި ބިރުވެތިވާންޖެހޭ މިންވަރު ހަމައެކަނި މި ބަސްފުޅުންވެސް އެނގިގެންދާނެއެވެ. ފިރިމީހާއަށް މިބަސްފުޅު ނިކަން އަޑުއިއްވަބަލާށެވެ! ފިރިމީހާގެ ހިތުގައި ﷲ ގެ ޢަޛާބަށް ބިރުވެތިކަމެއްވާނަމަ ތެދުމަގު ދައްކަވައިފާނެތެވެ! އިން ޝާ ﷲ 

"މުސްކުޅި ޢުމުރުގައި ޒިނޭގެ ނުބައި ޢަމަލު ހިންގާ މީހުންނަށް ﷲ ރުހިވޮޑިގެން ބަސްވަޙީ ނުކުރައްވާނެ އެވެ. އަދި އެފަދަ އަޅަކަށް ރުހުމުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ. އަދި އެފަދަ އަޅަކު ޠާހިރު ނުކުރައްވާނެ އެވެ. އަދި އެފަދަ އަޅުންނަށް ގަދަފަދަ ވޭންދެނިވި ޢަޛާބު ދެއްވާނެއެވެ."

- ޝައިޚް ޙަސަން ލަޠީފް

މިއަދު އޮންލައިން