މާބަނޑު ދުވަސްވަރު އަޅުކަންކުރުމާ، ޤްރްއާން ކިޔެވުމާ ދުޢާކުރުން ގިނަކުރަންވީ ސަބަބުތައް ވަރަށް ގިނަ! އެކަމުގެ ފައިދާ ދަރިފުޅަށާ ތިމާއަށް ދެދުނިޔޭގަވެސް ކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މާބަނޑު ދުވަސްވަރު އަޅުކަންކުރުމާ، ޤްރްއާން ކިޔެވުމާ ދުޢާކުރުން ގިނަކުރަންވީ ސަބަބުތައް ވަރަށް ގިނަ! އެކަމުގެ ފައިދާ ދަރިފުޅަށާ ތިމާއަށް ދެދުނިޔޭގަވެސް ކުރާނެ! އިން ޝާ ﷲ

ސުވާލު:. އަންހެނުން ބަލިވެ އިނދެ މާބަނޑު ދުވަސްވަރު ކިޔަވަން ވަކި ސޫރަތްތަކެއް ނޫނީ ކުރާނެ ދުޢާ ތަކެއް ވާރިދުވެގެން ވޭތޯ؟  

މިސުވާލަށް ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފެ ވިދާޅޫވެފައިވަނީ "ނުވޭ" އެވެ.  

އަންހެނުން ބަލިވެއިނުމަށްފަހު ކިޔަވާނެ ޚާއްޞް ސޫރަތްތަކެއް ކަނޑައެޅިފައި ނެތް ނަމަވެސް އަދި ކުރާނެ ޚާއްޞަ ދުޢާއެއް ބަޔާންވެގެން ނުވި ނަމަވެސް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މާބަނޑު ދުވަސްވަރު އަންހެނާގެ ތަޤްވާވެރިކަން އިތުރުކުރުމަކީ އެކަމުގެ ހެޔޮ އަސަރުދަރިފުޅަށް ފޯރާކަމެވެ.

އަދި ވިހެއުމުގެ މަރުޙަލާތައް ލުއިފަސޭހަކޮށްދެއްވެވުމަށާއި ތަޤްވާވެރި ދަރިއަކު ދެއްވެވުން އެދި މައިން ދުޢާކުރުމަކީ ވަރަށް ފައިދާހުރި ކަންމެވެ. ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ދެއްވަވާ ނިޢްމަތްތައް އެނގޭނީ އެކަންކަމަށް ވިސްނައި ފިކުރުކުރާ މީހަކަށެވެ.  

އެކަމަކު އިންސާނުންގެ ލޮލަށް ފެންނަ ކަންތައްތަކެއް އެބަވެއެވެ. އަނބިމީހާ ބަލިވެއިނުމަށްފަހު ހިތާމައިގައި އުޅެންޖެހިއްޖެނަމަ، ފިކުރުބޮޑުވާންޖެހޭ ޙާލަތުގައި އުޅެން ޖެހިއްޖެނަމަ ލިބޭ ދަރިފުޅަށް އެކަމުގެ އަސަރުކުރޭ ނޫންހެއްޔެވެ؟ އެއީ އެންމެންނަށްވެސް އެނގި ތަޖުރިބާކުރެވޭ ކަމެކެވެ.  

ކަންމިހެން އޮތްއިރު އަނބިމީހާ ތަޤްވާވެރިވުމުން އެކަމުގެ އަސަރު ދަރިންނަށް ކުރާނެ ކަމާއިމެދު ޝައްކުކުރަންވީވެސް ކީއްވެގެންހެއްޔެވެ؟ އެއީ ހަމަ ޔަޤީންކަމެއް ނޫންހެއްޔެވެ؟ ވީމާ ބަލިވެއިނުމުން ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ވީހައި ގިނައިން ޤުރްއާންވެސް ކިޔަވާށެވެ. ކޮންމެހެން ކިޔަވަންޖެހޭ ވަކި ސޫރަތެއް އޮތްތޯ ބެލުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ތަނަކުންވެސް ހަމަ ކިޔަވަންވީއެވެ. އަދި ކުރިން ބުނި މަގުން ދުޢާކުރަމުން ގެންދާށެވެ. އެކަންކަމުގެ ފައިދާ ދަރިފުޅަށްވެސް ކުރާނެއެވެ. އެމީހަކަށް ދެދުނިޔޭގައިވެސް ފެންނާނެއެވެ. އިން ޝާ ﷲ 

މިއަދު އޮންލައިން