ވެކްސިނަށް އެކަނި ބަރޯސާވެގެން ދަރިން ރައްކައުތެރިއެއް ނުކުރެވޭނެ! ދަރިންނަށް ރައްކައުތެރިކަން ހޯދައިދިނުމަށްވެސް ފަތިސްނަމާދުކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވެކްސިނަށް އެކަނި ބަރޯސާވެގެން ދަރިން ރައްކައުތެރިއެއް ނުކުރެވޭނެ! ދަރިންނަށް ރައްކައުތެރިކަން ހޯދައިދިނުމަށްވެސް ފަތިސްނަމާދުކުރުވާށެވެ!

"ލޮބުވެތި ބެލެނިވެރިންނޭވެ! ޖަހާ ވެކްސިނަކުން، މާސްކްއެޅުވުމަކުން ނުވަތަ ކަންކަމުން ރައްކައުތެރިވާން ކުރާ ދުނިޔަވީ ކަންކަމުން އެކަނި ފުއްދައިނުލާށެވެ! އެންމެ ބޮޑު ރައްކާތެރިކަން ލިބުން އޮތީ ފަތިސް ނަމާދުންނެވެ! ފަތިސްނަމާދުގެ ރައްކާތެރިކަން ތިބާއަށާއި ތިބާގެ ދަރިފުޅަށް ލިބުނުކަން ޔަޤީން ކުރައްވާށެވެ!

ފަތިސްނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެކެވެ. އެމީހުންގެ ނަފްސުތަކަށް ހަމަޖެހުން ލިބޭ ބައެކެވެ. އެމީހުންގެ ހަށިތަކަށް ހީވާގިކަން ލިބޭ ބައެކެވެ. އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެކެވެ.

މަޢްލޫމާތު: ޝައިޚް މުޙައްމަދު ޝާފިޢް

ބަލިތަކާއި މުޞީބާތްތަކުން ދަރިން ސަލާމަތްކުރަން އެދިގެންނާއި އަދި ދަރިންނަކީ ވިސްނުންތެރި ތޫނުފިލި، ހީވާގި، މުރާލި ބައަކަށް ހެދުމަށް އެދޭ ނަމަވެސް ފުރަތަމަ ކަމަކަށްވެސް އެކުދިން ލައްވައި ނަމާދުކުރުވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދުން ދުވަސް ފަށަން އާދަކޮށްދޭށެވެ!

ދަރިންގެ ކިބައިގައި އެ ސިފަތައް ހަރުލައްވަން އެދޭނަމަ ފުރަތަމަ ކަމަކަށް ބެލެނިވެރިންނަކީ އެކަންކަން ކުރުމުގައި ނަމޫނާ ބައަކަށްވާށެވެ!

 

މިއަދު އޮންލައިން