ސުވާލު:. ޞައްޙަ ކަމާއިއެކު އެންމެ ފަސޭހައިން ހިނައިގަނެވޭނެ ގޮތަކީ ކޮބައިތޯ؟ އަޑުއަހަން ވުޟޫކޮށްލާފައި ރީތިކޮށް ފެންވަރާލުމުން ރަނގަޅުވާނެ ކަމަށް.
ޖަވާބު:. ހިނައިގަތުމުގެ ނިޔަތުގައި މުޅި ހަށިގަނޑަށް ފެން އެޅީމާ ހިނައިގަތުމަށް ފުދޭނެ.
އިތުރު ސުވާލެއް:
ސުވާލު:. ވަޒީފާގައި އުޅޭމީހުންނަށް ވަޒީފާގެ ވަޤުތުގައި ނަމާދު ކުރުމަށްޓަކައި ބުރުގާ ނުބާލާ ވުޟޫކުރާނެ ގޮތެއް އޮވޭތޯ؟
ޖަވާބު:. ވުޟޫކޮށްގެން ބުރުގާ އަޅާފައި ހުރިނަމަ ބުރުގާމަތިން ފެންހާކާލާނީ.
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް