ކުޑަކުދިންގެ ހެދުންފަދަތަކެތި އިރުއޮއްސެންވާއިރަށް ގޭތެރެއަށް ނުވެއްދުމަކީ އަލުން ދޮންނަން ޖެހެންވީ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުޑަކުދިންގެ ހެދުންފަދަތަކެތި އިރުއޮއްސެންވާއިރަށް ގޭތެރެއަށް ނުވެއްދުމަކީ އަލުން ދޮންނަން ޖެހެންވީ ސަބަބެއް ނޫން!

ބައެއް މީހުން މިހާރުވެސް ކުޑަކުދިންގެ އަންނައުނު ފަދަތަކެތި އިރުއޮއްސޭއިރަށް ގޭތެރެއަށް ނުވެއްދިއްޖެނަމަ އަލުން ދޮވުން ފަދަ ކަންކަން އެބަކުރެއެވެ. މިހާރަކަށް އައިސް ގިނަ ގެތަކުގައި ދިރިއުޅޭ ގޭތެރޭގައި ހިއްކަން އެޅިނަމަވެސް ބައެއް ގޭގޭގައި އަދިވެސް ހިއްކަން އަޅަނީ ބޭރުގައެވެ. ކޮޜިޑޯ ފަދަ ތަންތަނުގައިވެސް ހިއްކަން އަޅައެވެ.

ކުޑަކުދިންގެ ހެދުން ދޮވެފައި، ރޭގަނޑު އެހެދުން ބޭރުގައި ހިއްކަން އަޅާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިބަސްފުޅަށް ވިސްނަވާލައްވަން ދަންނަވަމެވެ.

لحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد

ކުޑަކުދިންގެ ހެދުން ދޮވެފައި، ރޭގަނޑު ބޭރުގައި ހިއްކަން އެޅުމަކީ މައްސަލައެއް އޮތް ކަމެއްނޫނެވެ. ސުންނަތުގައި އިރުޝާދު ދެއްވާފައިވަނީ އިރު އޮއްސޭ ދަޅަމައްޗަށް ކުޑަކުދިން ގޭތެރެއަށް ވައްދައި ދޮރުތައް ލައްޕާ ހެދުމަށެވެ. އެހެނީ އިރު އޮއްސި އަނދިރިކަން ފެތުރިގަންނަ ވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރި ގަންނަ ވަގުތެވެ. والله أعلم

--ޝައިޚް ޙަސަން މޫސާ ފިކުރީ

މިއަދު އޮންލައިން