ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވީމަ ދެއްވަވާ ނޫރު ތިބާ ނަރަކައިން ސަލާމަތްކޮށް، ކޮއްޕައި ސުވަރުގެއާދިއާއަށް ގެންދެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވީމަ ދެއްވަވާ ނޫރު ތިބާ ނަރަކައިން ސަލާމަތްކޮށް، ކޮއްޕައި ސުވަރުގެއާދިއާއަށް ގެންދެއެވެ!

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ދެއްވަވާ ނޫރަކީ މައްނަވީ ނޫރެކެވެ. މާނައަކީ ލޮލަށް ނުފެންނަ ނޫރެކެވެ. އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ.  

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ ޙިއްސީ ނޫރެކެވެ. އޭނާގެ ފައިތިލައިގެދަށުން އެ ނޫރު ޤިޔާމަތް ދުވަހުގައި ފައުޅުވާން ހުންނާނެއެވެ. އަދި އެ ނޫރުގެ ސަބަބަބުން ދުނިޔެމަތީގައިވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން އައުމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. އިޔާޟްގެ އިތުރު ބަސްފުޅެއްގައިވެއެވެ. "ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވައިފި ކަމަށް ބެލެވެނީ ހުކުރުވިލޭރެއަށް އިރު އޮއްސުމާއި ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދުގައި ކިޔެވުމުންނެވެ. އެއްފަހަރާ ކިޔަވަން އުނދަގޫ ނަމަ ބައިބައަށްވެސް ކިޔެވިދާނެއެވެ."  

މިތަނުން އެންމެ ބޮޑަށް ފާހަގަކޮށްލަންވީ " އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ." އޮތް ބަސްފުޅަށެވެ.  ނަރަކައިން ސަލާމަތްކޮށްދިނުމަށް ބާރުއަޅައި ހެޔޮކަންތައްތައް ކުރުމަށް ބާރުއަޅާނަމަ އޮޓޮމެޓިކުންވެސް އެކަންވެގެންދާނީ އެމީހަކު ނަރަކއިން ސަލާމަތްކުރުމާއި ސުވަރުގެ ވައްދުވަން ބާރުއެޅުން ކަމުގައެވެ. އަންހެން/ ފިރިހެން މިކަމުގައި އެއްވެސް ތަފާތެއް ނެތެވެ! އެންމެންވެސް ކިޔަވައި، ކިޔެވުމުން ލިބޭ އެ މަތިވެރި ނޫރު ލިބިގަންނަން މަސައްކަތްކުރަމާތޯއެވެ!

މިއަދު އޮންލައިން