ވަރިކުރުމުގެ ނިޔަތް ނެތި ރުޅިއައިސްގެން އަނބިމީހާއާ ދިމާއަށް "ތިއަހުރީ ވަރިކޮށްފައޭ" ބުނެވިއްޖެނަމަ ވަރިވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ވަރިކުރުމުގެ ނިޔަތް ނެތި ރުޅިއައިސްގެން އަނބިމީހާއާ ދިމާއަށް "ތިއަހުރީ ވަރިކޮށްފައޭ" ބުނެވިއްޖެނަމަ ވަރިވާނެތޯ؟

ސުވާލު:. އަޅުގަނޑު ވަރަށް ބޮޑު ކަމެއް ޖެހިގެން! މިއުޅެނީ އަޅުގަނޑު ރުޅިއައިސްގެން އަންހެނުންނާ ދިމާއަށް ބުނެވިއްޖެ ތިއަހުރީ ވަރިކޮށްފައޭ! ނަމަވެސް އަޅުގަނޑުގެ ނިޔަތަކީ ވަރި ކުރުމެއްނޫން! މީގެ ވަރި ވާނެތޯ؟ 

ޖަވާބު:. ވަރިވާނެ.

(ރުޅިއަންނައިރަށް ވަރިބަސް ނުބުނާށެވެ! ވަރިކުރެވިއްޖެނަމަ ވާނީ ވަރިއަކަށެވެ. ކޯޓުގައި ވަރި ރަޖިސްޓްރީކުރަންވެސް ޖެހޭނެއެވެ. ނޫންނަމަ 3 ފަށްވެގެން ޖެހޭ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ. 

ޝަރުޠު ހަމަވާނަމަ އަމިއްލައަށް ރުޖޫޢަކުރެވިދާނެއެވެ. އަމިއްލައަށް ރުޖޫޢަ ކުރިޔަސް ކޯޓުން ނިންމަންޖެހޭ ކަންކަން ނިންމަން ޖެހޭނެއެވެ. ނޫންނަމަ ކުރިން މިބުނިފަދައިން ފަހުން ނުކުންނަ މައްސަލަތައް ބައިވަރު ހުންނާނެއެވެ.

(ޑރ. އިޔާޟްގެ ކުރީގެ ޖަވާބުތަކުން) 

އިތުރު ސުވާލެއް: 

ސުވާލު:. އަންހެން ކުއްޖަކަށް ފިރިހެން ކުއްޖަކާ ފްރެންޑެއްގެ ގޮތުން ވާހަކަދެއްކުމަކީ ކޮންކަހަލަ ކަމެއް؟ 

ޖަވާބު:. ދެމީހުން ދައްކާވާހަކަ އެނގޭ ހިސާބުގައި އެހެންމީހަކު ހުންނަން ވާނެ. 

ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން