ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލައަކުން ނަމަވެސް ލިބޭ ހިތްދަތިކަމުން އަރައިގަތުމަށް ޢަމަލުކުރުމުން ކާމިޔާބުވާނެކަން ޔަޤީން މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލައަކުން ނަމަވެސް ލިބޭ ހިތްދަތިކަމުން އަރައިގަތުމަށް ޢަމަލުކުރުމުން ކާމިޔާބުވާނެކަން ޔަޤީން މަގު- އިން ޝާ ﷲ

މިހާރު ރީތި ނަމެއް ހަދާލައިގެން މިކިޔާ ގެވެށިއަނިޔާއަކީ އެއިގެ އަޞަލަށް ބަލައިފިނަމަ އެންމެ ނުބައި އަނިޔާއެވެ. އެންމެ ގިނަބައަކަށް ލިބެމުންދާ އަނިޔާއަކީވެސް ގެވެށިއަނިޔާއެވެ. އެއިން ސަލާމަވްވެވިފައި ތިބީ ވަރަށް މަދު ބައެކެވެ. 

ކިތަންމެ ރީތިކޮށްލައިގެން ނަންކީނަމަވެސް ކަމަކީ ގޭތެރެއިން ލިބޭ އަނިޔާއެވެ. އެއީ ގޭގެ ޢިމާރާތުގެ ސަބަބުން ލިބޭ އަނިޔާއެއް ނޫނެވެ. އެއަނިޔާއަކީ ގޭގައި އުޅޭ ކޮންމެވެސް މީހެއްގެ ސަބަބުން އަނެކާއަށް ލިބެމުންދާ އަނިޔާއެވެ. މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީ ތިމާގެ އަމިއްލަ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަކަށްވާތީ އަނިޔާ ލިބުނު ނަމަވެސް އެކަމުގެ ވާހަކަ ނުދައްކައިތިބެން ގިނަބައަކަށް މަޖުބޫރުވެފައިވާކަމެވެ. 

އެވާހަކަތައް ދައްކަން ބުނެބާރުއަޅާ މީހުން ކުރާކަމަކީ ވާހަކަ ދައްކަން ބުނުމެވެ. ވާހަކަ ދެއްކީމާ ދެއްކި މީހާއަށް ލިބޭ ގެއްލުމާއި އަނިޔާގެ ޒިންމާ އެއްވެސް ވަރަކަށް އެމީހުން ނުއުފުލައެވެ. އެހެންވެ އެވާހަކަ ދައްކަން ޖެހޭ މިންވަރާއި ގާތަކަށްވެސް ނުދެއްކެއެވެ. އެހެންވެ އެކަމުގެ ބޮޑުބައެއް އޮންނަނީ އަބަދުވެސް ސިރުކުރެވިފައެވެ. ނުވަތަ ފައުޅުނުވެއެވެ. 

ކަންކަން މިހެން އޮތްކަމުގައިވީނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެއް އެބައޮތެވެ. އެއީ އަނިޔާލިިބެމުންދާނަމަ ސުންނަތް ނަމާދުތައްކުރުން ގިނަކުރުމެވެ. އެނަމާދުތަކުގެ ސަޖިދަ ދިގުކުރުމެވެ. ސަޖިދަ ދިގުކުރުން ކަމަށް މިބުނާ ބަހުގެ މާނައަކީ ސަޖިދައިގައި ގިނަ ވަޤުތު ހޭދަކޮށް ދުޢާކުރުން ގިނަކުރުމެވެ. ހަމައެއާއިއެކު ޛިކުރުކުރުން ގިނަކުރުމެވެ. 

ﷲ ތަޢާލާއަސް ދުޢާކުރުމުން އެދުޢާ ވަގުތުން ﷲ ތަޢާލާގެ ޙަޟްރަތަށް ފޯރައެވެ. އެހިސާބުން ތިބާގެ މައްސަލަ އެއޮތީ "ރަޖިސްޓްރީވެ" ނިމިފައެވެ. ކުރިއަށްދާނެއެވެ. އެކަން އެނގޭނެ ދެވަނަ ފަރާތެއްވެސް ނުހުންނާނެއެވެ. އަނިޔާލިބެމުންދާ މީހާގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެތެވެ. އެމީހާ އެކަމަކުން ސަލާމަތްކޮށްދެއްވަވާނެތެވެ. 

މިވާހަކަ މިދައްކަނީ އަހުރެންކަމަށްވުމުން ތިއަބައިމީހުންނަށް އިވޭނީ އަހުރެންގެ އަޑުންނެވެ. ނަމަވެސް މިއީ އަހުރެން ދައްކާ ވާހަކަތަކެއް ނޫނެވެ. އަހުރެންގެ ބަސްތަކެއް ނޫނެވެ. ކީރިތި ޤުރްއާނާއި ސުންނަތުން ފެންނަންހުރި ކަންކަމެވެ. ވީމާ ބަސްބުނެ އަޑު އިއްވީ އަހރެން ނަމަވެސް މިއީ އަހުރެންގެ އަމިއްލަ ވާހަކަތައް ކަމަށް ނުދެކޭށެވެ. މިއީ ޤުރްއާނާއި ސުންނަތުން ފެންނަން އޮތް ގޮތްކަން ޤަބޫލުކޮށް ޢަމަލުކުރާށެވެ. ހިތްދަތިކަން އުފާވެރިކަމަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން