ދުނިޔޭގަ ހުރެ މިއިން ކަމެއް ކުރެވިފައި އޮވެއްޖެނަމަ މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ދާނީ ޘަވާބު އިތުރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ދުނިޔޭގަ ހުރެ މިއިން ކަމެއް ކުރެވިފައި އޮވެއްޖެނަމަ މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ދާނީ ޘަވާބު އިތުރުވަމުން!

މަރުވުމަށްފަހު އަޅާ ކައްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު ދެމިގެންދާ 7 ކަންތައް!:

عَنْ أَنَسٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (سَبْعٌ يَجْرِيْ لِلْعَبْدِ أَجْرُهُنَّ وَهُوَ فِي قَبْرِهِ بَعْدَ مَوْتِهِ : مَنْ عَلَّمَ عِلْمًا ، أَوْ أَجْرَى نَهْرًا ، أَوْ حَفَرَ بِئْرًا ، أَوْ غَرَسَ نَخْلًا ، أَوْ بَنَى مَسْجِدًا ، أَوْ وَرَّثَ مُصْحَفًا ، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ) . ‌ والحديث : حسَّنه الألباني في ” صحيح الترغيب ” ( 959 ) .

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“މަރުވުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ. ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި،

ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި،

ފެންވަޅެއް ކޮނުނު މީހާއާއި،

ރުކެއް އިންދިމީހާއާއި،

މިސްކިތެއް ބިނާކުރި މީހާއާއި،

މުޞްޙަފެއް ވާރުތަކުރި މީހާއާއި،

މަރުވުމަށްފަހުގައި އޭނާއަށްޓަކައި ދުޢާކުރާނެ ދަރި އެއް ދޫކޮށްފައި ދިޔަ މީހާއެވެ.

މިއީ ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު) ގެ ބައެއް މިސާލުތަކެވެ.

އެންމެ މަދުވެގެން މީގެން ކޮންމެވެސް އެއްކަމެއް ކޮށްލުން ކިހިނެއް ވާނެތޯއެވެ؟

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން