ވަށައިގެންވާ މީސްތަކުންނާއިމެދު އަބަދުވެސް ސަމާލުވެގެން ހުންނަންޖެހޭ 2 ކަންތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވަށައިގެންވާ މީސްތަކުންނާއިމެދު އަބަދުވެސް ސަމާލުވެގެން ހުންނަންޖެހޭ 2 ކަންތައް: މުފްތީ މެންކް

ތިބާގެ ވަށައިގެންވާ މީސްތަކުންނާއިމެދު ދެ ގޮތަކަށް ފަރުވާތެރިވާށެވެ! ފުރަތަމަ އެމީހުން ދީފާނެ އަނިޔާއަކަށް ސަމާލުވެ އެފަދަ ފުރުޞަތެއް ދިނަ ނުދޭށެވެ! ޚާއްޞަކޮށް އެމީހުންގެ ސަބަބުން ތިބާގެ އީމާންތެރިކަމުން ޒައްރެއްގެ މިންވަރުވިޔަސް އުނިވިއަ ނުދޭށެވެ!

ދެވަނައަށް އެމީހުން ކޮށްދީފާނެ ހެޔޮ ކަމަކަށް ނުބަލައި އެމީހުންނަށް އެހީތެރިވަމުން ގެންދާށެވެ! އެކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކޮށް ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ހުރިހާ ކަމެއްވެސް ކުރަމުން ގެންދާށެވެ!

މީސްތަކުންނަށް ހެޔޮކޮށް ހިތަންވީ އެމީހުންގެ ކިބައިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅަކަށްވާތީއެވެ! އެކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ!

އަބަދުވެސް މިދެކަންތަކަށް ސަމާލުކަންދޭންވާނެއެވެ! ފުރަތަމަ ކަމެއްގެ ގޮތުން މިބުނީ އެންމެ މުހިންމު ކަންތަކެވެ. ވަށައިގެންވާ މީހުންގެ ސަބަބުން ނުވަތަ އެކުގައި އުޅެވޭ ބައެއްގެ ސަބަބުން ﷲ ތަޢާލާ އާއި ދުރަށް ދެވޭނަމަ އެކަމަށް ސަމާލުކަންދީ އަވަހަށް އެބައަކާއި ވަކިވާށެވެ!

ރުހުން ހޯދަންވީ މީސްތަކުންގެ އެއް ނޫނެވެ. ވަކި ބައެއްގެވެސް ނޫނެވެ. ﷲ ތަޢާލާގެ އެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލޭނެ ކޮންމެ ކަމަކުން ދުރުހެލިވެގެން މެނުވީ އާޚިރަތް ލިބުމެއް ނެތްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

އަބަދުވެސް ހިތުގައި ބާއްވަންވީ ދުނިޔޭގެ އެންމެންގެ ރުހުމަށްވުރެވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން މުހިންމުކަމެވެ. މީސްތަކުންނާއި ޖެހޭނީ ވަކިވާށެވެ! މަރުވުމުން މީސްތަކުންނާއި ގުޅުން ކެނޑުނީއެވެ. ނަމަވެސް ﷲ ތަޢާލާ އާއި ވަކިވެވޭނެ އެއްވެސް ޙާލަތެއް ނާންނާނެއެވެ! ﷲ ތައާލާގެ ރަޙްމަތަށް ބޭނުން ނުވާނެ ވަގުތެއް ނާންނާނެއެވެ!

--މުފްތީ މެންގެ ދަރުސަކުން

މިއަދު އޮންލައިން