ސުވާލު:. ދުޢާ ކުރުމަށްޓަކައި ޤިބްލައާއި ވީފަރާތަށް އެނބުރުމަކީ އިޖާބަވުމުގެ ޝަރުޠެއްތޯއެވެ؟
ޖަވާބު:. ޝަރުޠެއްނޫނެވެ. ނަމަވެސް ދުޢާކުރުމުގެ އަދަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤިބްލައަށް ނޫންގޮތަކަށް ދުޢާ ކުރިނަމަވެސް އެއީ މައްސަލައެއްނޫނެވެ.
އިތުރު ސުވާލެއް:
ސުވާލު:. މީހަކަށް އެއްޗެއްދޭން ނަދުރު ބުނެފާ އޮއްވާ އެނަދުރު އަދާނުކުރެވި އުޅެނިކޮށް އެމީހާ ނިޔާވެއްޖެނަމަ އެނަދުރު އަދާކުރަން ދެންހަދާނީ ކިހިނެއްތޯ؟
ޖަވާބު:. އޭނަގެ އަހުލުވެރިން އެނަދުރު ފުއްދައިދޭނީ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް