އެހެން މީހުންގެ އިޙްތިރާމް ބޭނުންވާމީހާ ވިސްނާލަންޖެހޭނެ މުހިންމު 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެހެން މީހުންގެ އިޙްތިރާމް ބޭނުންވާމީހާ ވިސްނާލަންޖެހޭނެ މުހިންމު 2 ކަމެއް-

ތިމާއަށް އެހެން މީހުން އިހްތިރާމްކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެެހންވެ މީސްތަކުންގެ އިޙްތިރާމް ހޯދަން ގިނަ ބައަކު ކުރާ އެއްކަމަކީ އެހެން މީހުން ކުރާހައި ކަންކަމަށް ރުހުމެވެ. ނަމަވެސް މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މީހުން ކުރާހައި ކަންކަމަށް ރުހޭނަމަ އެކަމުން އެނގެނީ އެމީހާގެ ވިސްނުމުގައި އުނިކަމެއް އެބަހުރިކަމާއި އެމީހާއަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހަކު ކަމެވެ. 

މިސާލަކަށް މީހަކު ނުބައި ކަމެއް ކުރީއެވެ. ނަމަވެސް ތިބާ އެކަމަށް ރުހި ތާއީދުކުރީއެވެ. އެއިރުން އެކަން ކުރި މީހާއަށްވެސް ތިބާއަކީ ޙައްޤުމަގުގައި ހުރި މީހަކު ނޫންކަން އެނގިގެންދާނެއެވެ. ތިބާގެ ވިސްނުމުގައިވަނީ އަމިއްލަ އެދުންތަކެއް ޙާޞިލުކުރުންކަން އެނގޭނެއެވެ. 

އެއިގެ ބަދަލުގައި ޙައްޤުބަސް ބުނެ ޙައްޤަށް ޢަމަލުކުރާނަމަ މީސްތަކުންގެ ރުހުން އިތުރުވާނެއެވެ. އެމީހަކަސް މީސްތަކުން އިޙްތިރާމްކުރާ މިންވަރުވެސް އިތުރުވެގެންދާނެއެވެ. އެކަމުގެ ދަލީލަކީ ކިތަންމެ ގިނަ ބައަކު ނުރުހުނަސް އެކަމަސް ޖެހިލުންވުމެއް ނެތި ޙައްޤުބަސްބުނާ މީހުންނަށް މީސްތަކުންގެ އިޙްތިރާމް އިތުރުވަމުންދާކަމެވެ. 

ޙައްޤު ބަސްވިދާޅުވެގެން ދީނުގެ ބޮޑެތި ޢިލްމުވެރިންނަށް ވަރަށް ބޮޑެތި އަދަބުތައްވެސް ލިބިފައިވެއެވެ. އެތައް އަހަރިުތަކެއް ޖަލުތަކުގައި ހޭދަކުރައްވަންވެސް ޖެހިވަޑައިގަންނަވައެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ ދަރަޖައަށް އުނިކަމެއް ނައުދެއެވެ. މީސްތަކުންގެ އިޙްތިރާބް ލިބުން އިތުރުވުން ނޫންކަމެއް ނުވެއެވެ. 

Tariq ibn Shihab reported: A man asked the Messenger of Allah, peace and blessings be upon him, “What is the best jihad?”

 The Prophet said, “A word of truth in front of a tyrannical ruler.”

Source: Musnad Aḥmad 18449

Grade: Sahih (authentic) according to Al-Nawawi 

އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤުބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދުކަމުގައި ޙަދީޘްފުޅުގައި އޮތީވެސް އެ ސަބަބަށްޓަކައެވެ. 

މީގެ އިތުރުން ތިމާއަށް އެހެން މީހުންގެ އިޙްތިރާމް ލިބެން އެދޭމީހާ، އަމިއްލައަށް ތިމާއަށް އިޙްތިރާމްކުރަންވާނެއެވެ. ތިމާ އަމިއްލައަށް ތިމާއަށް އިޙްތިރާމްކުރުމަކީ ތެދުބަހުން ވާހަކަދެއްކުމާއި މީސްތަކުންގެ ޙައްޤުތައް އަދާކުރުމާއި އަދި ވަޢުފުއްދުން ފަދަ ކަންކަމެވެ. ތިމާ އެހެން މީހުންނަށް އިޙްތިރާމްކުރުމާއި އަނބިދަރިންނަށާއި އަމިއްލައަށް ލޯބިވެ ލޯބިދިނުންވެސް އެއީ ކުރަންޖެހޭނެ ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން