އެތައް މަސައްކަތަކުން ބައިވެރިވެފަ އަމިއްލައަށް އިމްތިޙާނުން ފޭލްވާން ބޭނުންނުވާނަމަ ވިސްނައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެތައް މަސައްކަތަކުން ބައިވެރިވެފަ އަމިއްލައަށް އިމްތިޙާނުން ފޭލްވާން ބޭނުންނުވާނަމަ ވިސްނައިލާ!

އެއްވެސް މީހަކު ކުރާ ދުޢާ އިޖާބަކޮށްދެއްވެވުން ލަސްވެގެން މާޔޫސްވެއްޖެ ނަމަ އެއީ އެމީހަކު އިމްތިޙާނުން ފޭލްވުމެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." (އަލް ޣާފިރް: 60)

"-- ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.---" މިހައިވަރަށް ﷲ ތަޢާލާ ޔަޤީންކަން ދެއްވެވީމާ ވަޙީބަސްފުޅަށް އިތުބާރުނުކުރެވޭމީހަކަށްވެގެން ހޯދޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟

އަހަރެމެންގެ ދަރިން އެދޭ ކަންކަން ވެސް ކޮށްދެނީ ދަރިންނަށް އެކަމުގެ އެންމެ ފައިދާ ބޮޑުވާނެ ވަގުތުގައި ނޫން ހެއްޔެވެ؟ ވީއިރު އަހަރެމެންނަށް އެންމެ ފައިދާހުރި ވަގުތުގައި ﷲ ހިންމަވައި ދެއްވަވާނެ ކަމަށް އިތުބާރު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

ދުޢާކުރުމުން ހިންމަވައިދެއްވެވުން ލަސްވާނަމަ އޮތީ ކަންބޮޑުވުމެއް ނޫނެވެ. ޝުކުރުވެރިވެ އުފާކުރުމެވެ. އެހެނީ އެކަމުގެ ފަހަތުގައި ފޮރިވެގެންވާނީ ﷲ ތަޢާލާގެ ރަޙްމަތެވެ. ދެއްވަވާނެ ނިޢްމަތް މާބޮޑުވުމެވެ. ވަކީލްކުރުން މިކިޔަނީ އެކަން އެގޮތަށް ޔަޤީންކުރުމަށެވެ. ޔަޤީންކަމަކީ ﷲ ތަޢާލާއަށް ވަޚީލްކުރާއަޅަކު މާޔޫސް ނުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ

--އިސްލާމި ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން