ޢާއިލީ ދިރިއުޅުމަށް ބެލިނަމަވެސް ގިނަބައަކަށް ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަވާނެއެވެ. އެންމެ ގިނައިން ކުރިމަތިވާނެ އެއް މައްސަލައަކީ ފައިސާގެ ދަތިކަމެވެ. ޝައިޠޯނާގެ މަގުން ނުގޮސް ﷲ ގެ މަގުގައި ކުރިއަށްދާން މަސައްކަތްކުރާނަމަވެސް މަލާމާއި ފުރައްސާތަކާއި ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެއެވެ.
މިބާވަތުގެ ކޮންމެ ކަމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާންތަކެވެ. މާލީ ގޮތުން ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ކިބައިން ކަންކަމު ނުއެދޭށެވެ. ސަލާންނުޖަހާށެވެ. ލޯނު ނުނަގާށެވެ. ދަރަނިވެރި ނުވާށެވެ!
ކުރިމަތިވާ ގޮންޖެހުންތައް ކިތަންމެ ބޮޑު ނަމަވެސް ﷲ ގެ މަގު ދޫނުކުރާށެވެ. ﷲ ގެ މަގުގައި ސާބިތުވެހުންނާށެވެ. އިސާހިތަކު ހުރިހާ ގޮންޖެހުންތައް ފިލުއްވަވައިދެއްވަވައިފާނެތެވެ. މީހުން ކުރާ މަލާމާތަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުުން ނުލިބުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ!
"ޙައްޤުގެ މަގުގައި ފައިތިލަ ޘާބިތުކުރަން ބޭނުން ކޮންމެ މީހަކަށް އެކިކަހަލަ އިމްތިޙާނުތަކާއި ކުރިމަތިވުމަކީ ނުވެނުދާނެ ކަމެކެވެ! މި އިމްތިޙާނުތަކުގައި ޘާބިތުވެތިބުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. އަދި ކެތްތެރިކަމާއި ޘާބިތުކަން އިތުރުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރަންޖެހޭނެއެވެ".: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް