މުސްލިމުން ކަންނެތްވެ ފަތިހު ނިދަން ތިއްބާ ދުވަހުގެ ކާމިޔާބީ ގުޅިފަވަނީ ފަތިހު މަސައްކަތްފެށުމުންކަން ޤަބޫލުކޮށް އެހެން ދީންތަކުގެ މީހުން ކުރި ހޯދައިފި!: ވައްހާޖް ތަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
މުސްލިމުން ކަންނެތްވެ ފަތިހު ނިދަން ތިއްބާ ދުވަހުގެ ކާމިޔާބީ ގުޅިފަވަނީ ފަތިހު މަސައްކަތްފެށުމުންކަން ޤަބޫލުކޮށް އެހެން ދީންތަކުގެ މީހުން ކުރި ހޯދައިފި!: ވައްހާޖް ތަރިން

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ނަމަވެސް ކުރިއަކަށް ނުދެއެވެ. ހުންނަވަރެއްގައި ހުރެވެނީއެވެ. ބައެއްމަސްމަހު ދަނީ ފަހަތަށެވެ. އެހެންވެ ފަތިސްނަމާދުން ދުވަސް ފަށައި މަސައްކަތާއިގެން ކުރިއަށްދާން ވަރަށް ގިނައިން ބުނެވިއްޖެއެވެ.

އޭނާ ބުނަނީ އަޅުގަނޑު ދައްކާވާހަކަ ޤަބޫލުކުރާކަމަށެވެ. ނަމަވެސް ޤަބޫލުކުރާކަން ޢަމަލަކުން ނުފެނެއެވެ. އޭނާއަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެދެއްވިދާނެތޯ؟

ކިޔުންތެރިޔާގެ ކަންބޮޑުވުމުގެ ޖަވާބުގައި ބުނަންޖެހެނީ އެބާވަތުގެ މީހުންނަށް ކަންކަން ޤަބޫލުކުރަން ބޮޑަށް ފަސޭހަވަނީ ޢިބްރަތްތެރި ދަރުސްތަކާއި ފިލާވަޅުތަކުން ކަމަށެވެ. ތިރިގައި އެވަނީ އެފަދަ ދަރުސެކެވެ. ނިކަން ކިޔައިދީ ވިސްނައިދެވޭތޯ ބަލައިބަލާށެވެ!

ދުވަހުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ފަތސްނަމާދާއިކަން މުސްލިމުން ޤަބޫލުކުރެއެވެ. އެކަމަށް ހުރި ޙަދީޘްބަސްފުޅުތައްވެސް ޤަބޫލުކުރެއެވެ. ނަމަވެސް މަދު މީހަކަށް ނޫނީ ޢަމަލެއް ނުކުރެވެއެވެ. އެހެން ތިއްބައި ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. މުސްލިމުންނަށް ޔަޤީން ކާމިޔާބީ ހޮދުމުގައި އެހެން ދީންތަކުގެ މީހުން މިއަދު މދަނީ ކުރިއަރަމުންނެވެ.

ދުނިޔޭގެ އެންމެ ކާމިޔާބުކަމަށް ބުނާ 400 ވަރަކަށް މީހުންގެ ދިރިއުޅުން ހުންނަ ގޮތް ކިޔައިފީމެވެ. ވިޔަފާރިވެރިންނާއި މިލިއަނަރުންނާއި ޤައުމުތަކުގެ އެންމެ އިސްވެރިންނާއި ޑޮކްޓަރުންވެސް ހިމެނޭ ގޮތުންނެވެ. އެމީހުން ފަތިހު 4 ޖެހުމާއި ހެނދުނު 6 ޖެހުމާއި ދެމެދު ނިދައި ހޭލައެވެ.

ޢާންމުގޮތެއްގައި މަސައްކަތު ނުކުންނަނީ 9 ޖަހާއިރު ކަމަށްވީނަމަވެސް މިހައި ހެނދުނާ އެމީހުން ހޭލައި ކުރަނީ ކީއްހެވެ؟ ބައެއް މީހުން ކަސްރަތު ކުރެއެވެ. އަނެއްބައަކު މިޑިޓޭޓް ކުރެއެވެ. އެއިގެ އިތުރުން އެމީހުންގެ ދީނުގެ ފޮތްތަކާއި ފިލޯސަފަރުންގެ ލިޔުންތައް ކިޔައެވެ. އަދި އެދުވަހުގެ މަސައްކަތްތައް ކުރާނެ ގޮތް ރާވައިލައެވެ.

މިއީ ކާފިރުންގެ އަމަލުތައް ހުންނަ ގޮތެވެ. އިސްލާމުންނަށް ބަލައިފިނަމަ ކުރަންޖެހޭ ކަންކަން ތަފާތެވެ. ނަމާދުކުރުމާއި ޛިކްރް ކުރުމެވެ. ދުޢާ ކުރުމެވެ. ކީރިތި ޤްރުއާން ކިޔެވުމެވެ. މިކަންކަން ތަފާތުވި ނަމަވެސް ހަޤީޤަތުގައި މިކުރެވެނީ އެއް ބާވަތެއްގެ އަމަލުތަކެކެވެ. އެމީހުން، އެމީހުން ޤަބޫލުކުރާ ގޮތްތަކަށް ކަންކަން ކުރަނީއެވެ. މުސްލިމުން ކަންތައްތައް ކުރަނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ. ތަފާތަކީ އެއީއެވެ.

މިކަމުންވެސް މިއެނގެނީ ﷲ ތަޢާލާ މުސްލިމުންނަށް އަމަލުކުރަން އަންވާފައި މިވަނީ އެންމެ ފައިދާ ހުރި ގޮތަށް ކަމެވެ. ކާމިޔާބު ލިބުން އޮތީ އެގޮތަށް އަމަލުކުރުމުން ކަމެވެ. ވިސްނަންވީ ކަމަކީ އެމީހުން ﷲ ތަޢާލާ ޤަބޫލު ނުކޮށް ތިބެ ނަމަވެސް އެގޮތަށް ކަންކަން ކުރުމުން އެމީހުންނަށް ދުނިޔޭގައި ކާމިޔާބު މީހުންނަށް ވެވޭ ކަމެވެ. މުސްލިމުންނަށް ﷲ ތަޢާލާ އަނަގަވާފައިވާ ގޮތަށް އަމަލުކުރާނަމަ މިދުނިޔެއާއި ޢާޚިރަތްވެސް ލިބޭނެ ކަމެވެ.

އަހަރެން އަހަރެންގެ އަމިއްލަ ތަޖުރިބާ ބުނެދެން ހެއްޔެވެ؟ ފަތިހު ހޭލައި ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް އަމަލުކުރާތީ އަހަރެންގެ ދުވަހު މަސައްކަތަށް ފަށާއިރު އަހަރެންގެ ހިތާއި ސިކުނޑި އޮންނަނީ އެކަމަށް ފުރިހަމަ އަށް ތައްޔާރަށެވެ. ހިތް އޮންނަނީ ހަމަޖެހިލައިގެން ނަށަނަށައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އިސްލާމް ދީނުގެ ކޮންމެ ކަމެއް ފަރުމާ ކުރައްވަވާފައިވަނީ ދުނިޔެއާއި ޢާޚިރަތުގައި އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށް ކަމަށްވާތީއެވެ.

"ތިބާއަކީ ކާމިޔާބު މީހަކު ކަމުގައި ވުމަށް އެދޭނަމަ ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ފުރިހަމައަށް ކިޔަމަންތެރިވެ ތިމަން ﷲ އަންގަވާފައިވާ ގޮތަށް އަމަލުކުރުމަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ޢަމަލުކުރުމަށް" ﷲ ތައާލާ އަންގަވާފައި ވަނީ އެ ސަބަބަށްޓަކައެވެ.

ނަމަވެސް ހިތާމައަކީ ފަތިހު ހޭލައި ދުވަހުގެ މަސައްކަތަށް ތައްޔާރުވުމުގައި އެހެން ދީންތަކުގެ މީހުން ކުރިއެރުން ހޯދަމުން އަންނައިރު މުސްލިމުން އެކަމުގައި ފަރުވާ ކުޑަކޮށް ނިދަން ތިބޭ ކަމެވެ.

--ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން