ހައިހޫނުކަމުގައި އިން މުސްކުޅި އަންހެނެއްގެ ޢަޤީދާ ބަދަލުކުރެވޭތޯ މީރުހައި ކާބޯތަކެތިދިނުމުން ދިން ޖަވާބު: ﷲ ރިޒްޤް ދެއްވެވީމާ ތިބާހުރީ މިގޮތުގަތޯ ބަލަން ނިކަން ކިޔާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހައިހޫނުކަމުގައި އިން މުސްކުޅި އަންހެނެއްގެ ޢަޤީދާ ބަދަލުކުރެވޭތޯ މީރުހައި ކާބޯތަކެތިދިނުމުން ދިން ޖަވާބު: ﷲ ރިޒްޤް ދެއްވެވީމާ ތިބާހުރީ މިގޮތުގަތޯ ބަލަން ނިކަން ކިޔާލަބަލަ!

މުސްކުޅިންނަށް ޚާއްޞަކޮށްގެން ތުރުކީގައި ބޭއްވި ރެޑިއޯ ޕްރޮގްރާމެއްގައި މުސްކުޅި، ފަޤީރު އަންހެނަކު އޭނާއަށް ކާނެ އެތިކޮޅެއްވެސް ނުލިބި ދިރިއުޅެމުން ގެންދާ ދަތި، ނިކަމެތި ހާލަތު ކިޔައިދިނެވެ.

އެއަޑު އަހަން އިން އެއްވެސް ދީނެއް ޤަބޫލުނުކުރާ، ކަލަކު ވޮޑިގެންވާކަންވެސް ޤަބޫލުނުކުރާ އަންހެނަކު އެމުސްކުޅި އަންހެން މީހާގެ ހިތް މީނާ އާއި އެއްގޮތަށް ބަދަލުކޮށްލެވޭތޯ ވިސްނުން ތަކެއް ވިސްނައި ވަރުގަދަ މަޅިއެއް ޖަހަން ޤަޞްދުކުރިއެވެ.

އޭނާ ޤަޞްދުކުރީ އަނެއް ދުވަހުން ފެށިގެން މުސްކުޅި އަންހެން މީހާއަށް ކާންދީ އެހީތެރިވެދީގެން އިސްލާމް ދިނުން އެ އަންހެން މީހާ ބޭރުކޮށްލުވުމަށެވެ. އޭނާއަށް ހީކުރެވުނީ އެއީ މުސްކުޅިއަކަށްވުމުން އެކަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ.

މީނާގެ ކިބައިގައި ތަނަވަސްކަން ހުރުމުން ރެސްޓޯރަންޓަކަށް އޯޑަރުކޮށްގެން އަނެއް ދުވަހު މެންދުރަށް ވަރަށް ގިނަ ބާވަތުގެ ކާތަކެތި ތައްޔާރުކުރުވައިގެން ގެންގޮސް އެ މުސްކުޅިޔާއަށް ދިނުމުން އޭނާ ފުރަތަމަވެސް ޝުކުރުކުރީ ﷲ ތަޢާލާއަށެވެ! "ޝުކުރުއަލްޙަމްދުލިﷲ"

އެތަކެތި ގެންގޮސްދިން މީހާ އެވަގުތު ސުވާލުކޮށްލިއެވެ. "ތިއަ ތަކެތި ދައްތައަށް ފޮނުވައިދިނީ ކާކުކަން އެނގޭހެއްޔެވެ؟"

ޖަވާބުގައި މުސްކުޅިޔާ ބުންޏެވެ! "އެއީ ކޮންމެހެން އެހައިމުހިންމު ކަމެއް ނޫނެވެ. އަހުރެންގެވެރި، އަހުރެންގެ ހިތުގެ ރަސްގެފާނު، ﷲ ތައާލާ އެކަމަކަށް އަމުރުފުޅުކުރެއްވެވުމުން ޝައިޠޯނުންނަށްވެސް ޖެހެނީ އެކަމެއް ކުރާށެވެ! ވީމާ ތިއަ ތަކެތި ފޮނުވި މީހާއަށް ވެސް އެކަން އެކުރެވުނީ ހުރިހާ އެންމެންގެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތައާލާ އޭނާއަށް އެކަން ކުރަން އަމުރުފުޅުކުރެއްވެވުމުންނެވެ. އެމީހެއްގެ އަތުން ތިއަ އެތޮކޮޅު މި ނިކަމެތި އިންސާނާއަށް ދެއްވަވަން މިންވަރުކުރެއްވެވުމުންނެވެ. ފުރަތަމަވެސް ﷲ ތަޢާލާއަށް ޝުކުރު މިކުރީ އެސަބަބަށްޓަކައެވެ."

އޭނާއަށް ޖެހުނީ މާބޮޑު މާޔޫސްކަމެއް ލިބިގެން ހުރެ އެނބުރި ދާށެވެ! އެއީ ފުރިހަމަ މުސްލިމެއްގެ ޢަޤީދާ، މީހަކު ދިއްކޮށްލާ ހަދިޔާއަކުން ގުޑުވައި ނުލެވޭނެކަމުގެ ޔަޤީންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން