ބައިވެރިޔާ ރޭކޮށްނުދޭތީނަމަވެސް ޒިނޭކޮށްފިނަމަ އެކަމުގެ ފާފަ ބޮލުގަ އަޅަންޖެހޭނީ ޒިނޭކުރި މީހާ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބައިވެރިޔާ ރޭކޮށްނުދޭތީނަމަވެސް ޒިނޭކޮށްފިނަމަ އެކަމުގެ ފާފަ ބޮލުގަ އަޅަންޖެހޭނީ ޒިނޭކުރި މީހާ!: ޑރ. އިޔާޟް

ސުވާލު:. އަނބިމީހާ ރޭކޮށްނުދީ އަދި ފިރިމީހާ ރޭކޮށްދޭން އެދުމުންވެސް ނުކޮށްދީ ގިނަ ދުވަސް ވުމުން ފިރިމީހާ އެހެން މީހަކާއެކީ އެކަން ކޮށްފިނަމަ އަނބިމީހާ ބޮލުގައި ފާފަ އެޅޭނެތޯ؟ 

ޖަވާބު. ފިރިމީހާ އެދިއްޖެ ޙާލަތުގައި އެކަމަށް އިޖާބަ ދިނުމަކީ އަނބިމީހާގެ ޒިންމާއެއް. އެހެން ނަމަވެސް އެ ޒިންމާ އެނާ އަދާނުކުރީކަމަށް ބުނެ ފިރިމީހާ ޒިނޭ ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި ފިރިމީހާ. 

މިސުވާލު ފިރިމީހާ އާއި ގުޅުވައިގެން ކޮށްފައިވާތީ އެގޮތަށް ޖަވާބު ދެއްވިނަމަވެސް ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް އޮންނާނީ އެއް ޙުކުމެވެ. އެމީހަކު ކުރިފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން