ގިނަ ބައަކު އެންމެ ޝައްކުކުރަނީ ޤުރްއާނުގެ އެތައް އާޔަތަކުން ޔަޤީންކަން ލިބޭކަމަކަށް- މިއީ ހެދޭ ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ގިނަ ބައަކު އެންމެ ޝައްކުކުރަނީ ޤުރްއާނުގެ އެތައް އާޔަތަކުން ޔަޤީންކަން ލިބޭކަމަކަށް- މިއީ ހެދޭ ބޮޑު ގޯހެއް!

އެންމެ ގިނަ ބައަކު ޝައްކުކުރާ އެއްކަމަކީ އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުމެވެ. އެއީ ޝައިޠޯނާ އުފައްދުވާ ޝައްކެކެވެ. އެޝައްކު އުފައްދުވަނީ އެމީހާއަށް ފާފަކުރެވިފައިވީތީ ދެން އޭނާއަށް ސުވަރުގެ ނުލިބޭނެކަން ވިސްނުވައިދީ މާޔޫސްކުރުވައިގެން އިތުރު ފާފަތައް ކުރުވުމަށެވެ.

މީސްތަކުންނޭވެ! ސުވަރުގެ އުފެއްދެވީ އެއްވެސް ފާއެއް ނުކުރެވޭ މީހުންނަށް ކަމަށް ޤަބޫލުކުރުމަކީ ވަރަށް މޮޔަވިސްނުމެކެވެ. އެހެނީ ސުވަރުގެ އުފެއްދެވީ ފާފަކުރެވުމުން ތައުބާވާ މީހުންނަށެވެ. ނަރަކައަށް ވަންނަންޖެހޭނީ ތައުބާ ނުވެވުނުނަމައެވެ. ވީމާ ތައުބާވެއްޖެ މީހާގެ ވަށައިގެންވަނީ އުފާވެރިކަމެވެ.

ޙަޤީޤަތަކީ އެންމެ ޔަޤީންކަން ބޮޑު ކަމަކީ ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ. މިބުނި ބަހުގެ ދަލީލު ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެއޮތީ ފެންނާށެވެ!

" ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން