ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލު-!: މުފްތީ މެންކް

މީސްތަކުން ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިބިހައި ހިނދަކު އެބައެއްގެ މައްޗަށް ﷲ ތަޢާލާ ޢަޛާބު ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އަދި އެމީހަކު ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުއްޓައި އެމީހާގެ މައްޗަށް ޢަޛާބް ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރުމެއް ވެސް ނެތެވެ!

އެހެނީ ގިނަ ބައެއްގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން ﷲ ތަޢާލާ ޢަޛާބެއް ފޮނުއްވެވުމުން އެ ޢަޛާބުގެ ސަބަބުން މުއުމިނަކަށް ގެއްލުމެއް ލިބުނު ނަމަވެސް އެމީހަކަށް އެކަންވާނީ ލެއްވެވި ރަޙްމަތަކަށެވެ.

މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރިމަތިވުމުން ވެސް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރަންވީ އެކަމަކީ ޢަޛާބަކަށްވެގެން އެކަމަށް ބިރަކުން ނޫނެވެ. ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރަންވީ އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލުކަމުގައިވާތީއެވެ! ހަމައެއާއިއެކު ގިނަގިނައިން ތައުބާވުމަކީ އެމީހެއްގެ މައްޗަށް ރަހްމަތް ލައްވަވާ ކަމަކަށްވާތީއެވެ!

ވީމާ ތިމާއަށް ކޮންމެ ފަދަ ދަތިކަމެއް ކުރިމަތިވެފައި އޮތް ނަމަވެސް އަދި އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނެތް ނަމަވެސް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައެވެ.

ބުއްދިވެރިންނަކީ ފުރުޞަތު އަތުން ގެއްލިގެން ނުދަނީސް ފުރުޞަތުގެ ބޭނުންހިފާ މީހުންނެވެ. ވީމާ ތައުބާވުމުގެ ފުރުޞަތު އޮއްވައި، އެ ފުރުޞަތު އަތުން ގެއްލިގެން ނުދަނީ އެ ފުރުޞަތުގެ ބޭނުން ހިފާށެވެ! ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވާށެވެ! ކުރިން މިބުނި ފަދައިން އެކަމަށް ކުރަންއޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން