ވިހެއުމުގަ އަޅާވޭން ބޮޑުކަމުން ގިނަ އަންހެނުން ދެން ނުވިހާނަން ކަމަށްބުނެފަ ވިހައިގަދަވާއިރަށް ބަލިވެއިންނަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވިހެއުމުގަ އަޅާވޭން ބޮޑުކަމުން ގިނަ އަންހެނުން ދެން ނުވިހާނަން ކަމަށްބުނެފަ ވިހައިގަދަވާއިރަށް ބަލިވެއިންނަނީ ކީއްވެ؟: މުފްތީ މެންކް

ބަލިވެ އިނދެ ވޭނުގައި އުޅެންޖެހުމުންނާއި އަދި ވިހެއުމުގެ ގަދަވޭންވަރު އަންނަ ވަޤުތުގައި ދެން ބަލިވެ ނުއިންނާނެ ކަމަށް ބައެއް އަންހެނުން ބުނާނެއެވެ. ނަމަވެސް ވިހައި ގަދަވެ 2،3 މަސްވާއިރު އަނެއްކާވެސް އިންނަނީ ބަލިވެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟  

ޖަވާބު ވަރަށް ކުރުވެފައި ވަރަށް ސާފެވެ. އޭނާއަށް ކުރިމަތި ކުރެއްވެވި ވޭންތައް ފިލައިގެންދިއުމުން ވޭނުގައި އުޅެންޖެހުނުކަންވެސް ހަނދާނުން ފިލައިގެންދިއައީއެވެ. ނޫންނަމަ އެއް ދަރި ވިހާފައި އެކަކުވެސް ދެން ނުވިހާނެ ނޫންހެއްޔެވެ؟  

އެކުވެރިންނޭވެ! ދަތިޙާލުގައި އުޅެންޖެހުމަކީ ހަމަ މިފަދަ ކަމެކެވެ. ދަތިޙާލުގައި އުޅެންޖެހޭ ދުވަސްކޮޅު ޝަކުވާތައް ކުރާނެއެވެ. ނަމަވެސް އެތަކްލީފް އެމީހެއްގެ ކިބައިން ފިއްލެވުމުން އެންމެ ކުޑަމިނުން ދަތިޙާލެއްގައި އުޅެންޖެހުނުކަންވެސް ހަނދާނަކު ނުހުންނާނެއެވެ.  

ހުރިހާވެސް މައްސަލައަކަށްވެގެން މިއުޅެނީ ހަމައެކަނި އުފުލަންޖެހޭ ތަކްލީފަށް ބަލާފައި ދެއްވަވާ ނިޢްމަތަށް ނުބެލޭތީއެވެ. ހަމައެކަނި ތަކްލީފްތަކަށް ވިސްނޭކަމެވެ. ރަޙްމަތް ލެއްވެވުން އެކަން ޤަބޫލުނުކުރެވޭކަމެވެ. ދެކަންތަކަށްވެސް ވިސްނާނަމަ ތަކްލީފެއް ކުރިމަތިވިނަމަވެސް އެއީ ކުރިމަތިވި ބޮޑު މުޞީބާތެއް ކަމަކަށް ނުދެކޭނެއެވެ.  

ހިތްދަތިކަމުގައި ނުވަތަ މާލީ ދަތިކަމުގައި ވަނިކޮށް އެކަންކަމުން ސަލާމަކޮށްދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިނުލާށެވެ. ޝުކުރުވެރިވާށެވެ. އެކަން ޢަމަލުން ދައްކާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން