ޙައިޟުގެ ދުވަސްވަރު ފާފައެއް ކުރެވިއްޖެނަމަ ތައުބާ ވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޙައިޟުގެ ދުވަސްވަރު ފާފައެއް ކުރެވިއްޖެނަމަ ތައުބާ ވެވޭނެތަ؟

ސުވާލު:. ޙައިޟުގެ ދުވަސްވަރު ފާފައެއް ކުރެވުނީއެވެ. ސުވާލަކީ ހައިޟުގެ ދުވަސްވަރުގައި ތައުބާ ވެވޭނެތަ ؟ މިދުވަސްވަރު ތައުބާވުމަށް ކަންތައް ކުރާނެ ގޮތް ބުނެދީބަލަ... 

ޖަވާބު:. ޙައިޟުގެ ދުވަސްވަރުގައިވެސް ތައުބާ ވުމުގެ ދޮރުވަނީ ހުޅުވިފައި.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް 

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތައުބާގެ ދޮރު އަބަދުވެސްވަނީ ހުޅުވިގެންނެވެ. ފާފައެއް ކުރެވެމުން ދަނިކޮށްވެސް މިކުރެވެނީ ފާފައެއްކަން ވިސްނޭ ހިސާބުން އޮތީ އަވަހަށް ތައުބާވުމެވެ. ތައުބާވުމުގެ ދޮރު ބަންދުކުރައްވަވާނީ މަރުގެ މަލާއިކަތާ އޭނާގެ ލޮލަށް ފެންނަ ވަޤުތުން ފެށިގެންނެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނަންވީ އެވަޤުތު ނުއެނގޭތީއެވެ.

 

މިއަދު އޮންލައިން