ރެޑްވޭވް ގެ ހައިސެންސް ބްރޭންޑުގެ ޕްރޮޑަކްޓް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެނކުރިއަށްގެންދިޔަ "ޕާރފެކްޓް މެޗް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓުވަނީ ވަގުތުން ދައްކާފައިވެއެވެ.
މިޕްރޮމޯޝަންގައި ހައިސެންސް ބްރޭންޑުން ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން 5 ފަރާތެއްވަނީ ހޮވާފައެވެ. ކޮންމެ ފަރާތަކަށްވެސް ހައިސެންސްގެ ޓީވީއަކާއި އެކު ސަޕްރައިޒް އިނާމެއްގެ ގޮތުގައި ސައުންޑްބާއެއް ލިބިގެންދާނެއެވެ.
އަދި މުބާރާތުގެ އެންމެ ބޮޑު އިނާމް؛ ފީފާ ވޯރލްޑްކަޕް ގަތަރު 2022ގެ ފައިނަލް މެޗް ބަލައިލުމަށް ދެ ޓިކެޓް ލިބިގެންދާ ނަސީބުވެރި ފަރާތްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ މާނިހް (ކޫޕަން ނަމްބަރ: 0007157) އެވެ.
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. އަދިވެސް ހައިސެންގެ ޕްރޮމޯޝަންތަކާއި އޮފާތަށް ވޯލްޑްކަޕް ނިމެންދެން ކުރިއަށް ދާނެކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.