މުފްތީ މެންކު މިރޭ ދެއްވި ދަރުސުން ޙާޞިލްކުރަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މުފްތީ މެންކު މިރޭ ދެއްވި ދަރުސުން ޙާޞިލްކުރަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅު-

އަލިމަސްކާނިވަލުގައި މުފްތީ މެންކް މިރޭ ދެއްވި ދަރުސުން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ހާސްކަމާއި ކަންބޮޑުވުންތައް ކުރިމަތިވުމުން ކަންނެތްވެ އަޅުކަންކުރުން ހުއްޓައިނުލުމެވެ. ހިތްވަރުކޮށްފައި ތެދުވެ އަޅުކަންކުރުމުގައި ސާބިތުވުމެވެ. 

އުފާވެރިކަމުގެ ޙާލަތުވެސް ހިތާމައިގެ ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެޙާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރަންޖެހޭނެއެވެ. ވީމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކޮށް ކަންނެތް ނުވުމެވެ. މޫޑުގައި އަޅުވާފައި އެނދުގައި ނުއޮތުމެވެ. 

ވިސްނާލަންވީ ތިމާފަދައިން އަދި މާބޮޑަށް ހިތްދަތިޙާލުގައިވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން ބައަކު އުޅޭނެކަން ހަނދާންކުރަންޖެހޭނެ ކަމެވެ. ވީމާ ކުރިމަތިވެފައިވާ ހާލުގައިވެސް ތިމާއަށްވެސް ހިތްވަރުކުރެވޭނެ ކަމެވެ. އަޅުކަންކުރުމުގައި ތިމާއަށްވެސް ސާބިތުވެ ހުރެވޭނެ ކަމެވެ. 

ހިތާމައާއި ހިތްދަތިކަން އެންމެންނަށްވެސް ކުރިމަތިވާނެއެވެ. އެކަން މާޔޫސްބައްޔަށް ބަދަލުވެ ބޮޑު މުޞީބާތަކަށް ބަދަލުވެގެންދަނީ އެކަމުގައި ޢަމަލުކުރެވޭގޮތުންނެވެ. އަޅުކަންކުރުމުގައި ކަންނެތްވެވޭތީއެވެ. ވަކީލްކުރުމުގައި ފަހަތައްޖެހެވޭތީއެވެ. 

ހިނގާދައި ދަނިކޮށް ވެއްޓުނީމާ ތެދުވަން މަސައްކަތްނުކޮށް އެތަނުގައި އޮތުމެއް ނެތެވެ. އޮތީ ހިތްވަރުކޮށްފައި ތެދުވެ ކުރިއަށްދާން މަސައްކަތްކުރުމެވެ. ކުރިއަށްދާން މަސައްކަތްކުރާމީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ހިތްވަރުދެއްވަވާނެތެވެ. މަގުދައްކަވާނެތެވެ. އިން ޝާ ﷲ 

ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ކުރަން އެންމެ މުހިންމު ކަންކަމަކީ ދުޢާކުރުމާއި ޤުރްޢާން ކިޔެވުންކަން މުފްތީ ބަޔާންކުރެއްވެވިއެވެ. ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ވަޤުތުކޮޅަކު ނަމަވެސް ޤުރްއާން ކިޔެވުމަށް ބާރުއެޅުއްވެވިއެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްނުވުމަށް އިލްތިމާސްކުރެއްވިއެވެ.

މިއަދު އޮންލައިން