އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމަށް ރާއްޖެއިން ޖާގަދޭން މަސައްކަތްކުރުމަކީ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމަށް ރާއްޖެއިން ޖާގަދޭން މަސައްކަތްކުރުމަކީ ބިރުހުރި ކަމެއް!

މިހާރަކަށް އައިސް އަބަދުހެން އަޑުއިވެމުން މިދަނީ އިސްލާމް ދީން ހުއްދަ ނުކުރާ، ދީނުގައި ޙަރާމްކުރައްވަވާފައިވާ ކަންކަމަށް ރާއްޖެއިން ޖާގަދޭން ވަކާލާތުކުރާއަޑުތަކެވެ. ބޮޑެތި ފާފަތައް ކަމަށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ފާފަތައް ކުރުމަކީ އިންސާނީ ޙައްޤެއް ކަމަށް ބުނެވޭ އަޑުވެސް އެބަ އިވެއެވެ. 

އެކަންކަމަށް ވަކާލާތުކުރާ މީހުން އެގޮތަށް އެކަން ކުރަނީ މިކުރެވެނީ ކިހައިވަރެއްގެ ނުބައިކަން ބޮޑުކަމެއްކަން ނުއެނގިތިބެ ކަމަށްވެދާނެއެވެ. އެހެންކަމުން ޖުވާ ކުޅުމާއިމެދު ދާދިފަހުން މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވި ބަސްފުޅުގެ ހަނދާން އައުކޮށްލަން އެބަޖެހެއެވެ. އެބަސްފުޅަކީ އެކަމަށް ވިދާޅުވެފައިވާ ބަސްފުޅެއް ނަމަވެސް އެބަސްފުޅަކީ ބޮޑެތި ފާފަތައް ޢާންމުކުރަން ކުރެވޭ ކޮންމެ ކަމަކާއިވެސް ގުޅުންހުރި ބަސްފުޅެކެވެ.

ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވެއެވެ. 

"ޖުވާއަކީ ކީރިތި ޤުރުއާނުގައި މާތް ﷲ ޞަރީޙަ ބަސްފުޅުން ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއް ހުއްދަކޮށް އެ ކަމަށް މި ފަސްގަނޑުގައި ޖާގަދޭން ވަކާލާތުކުރާ މީހެއްގެ ނުބައިކަމާއެވެ. އެފަދަ މީހަކު ކުފުރުގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ބިރުވެތިވުން ހުއްޓެވެ. މިއީ އާދައިގެ ކަންކަމެއް ނޫނެވެ. މިއީ ޚުޠޫރަތްތެރި ކަންކަމެވެ. 

ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ކެބިނެޓު ވަޒީރަކު ކެސީނޯ އެޅުމަށް ހިތްވަރު ދީ، އެއީ ޙަރާމްކަމެއް ނޫން ކަމަށް ވާހަކަދެއްކި ދެއްކުމަކީ ވެސް ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުރި ހުވައާ ޚިފާލުކަމެކެވެ. އެފަދަ މީހަކު މުސްލިމް ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ހުރުމަކީ ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އިސްލާމްދީނާއި އެ ދީނުގެ ޙުކުމްފުޅުތަކަށް އެއްވެސް އިޙްތިރާމެއް ކުލުނެއް ނެތް ބަޔަކު އިސްލާމީ ޤައުމެއްގެ ޤިޔާދަތުގައި ތިބުމަކީ ވެސް ޖަރީމާއެކެވެ. އެފަދަ ބަޔަކު ރަނގަޅުވާނީ އަވަހަށް އިސްތިޢުފާ ދިނުމެވެ. އަދި ރައްޔިތުންގެ ކިބައިން މާފަށް އެދުމެވެ. އަދި ބުނެވުނު ބަހަށް ތައުބާވުމެވެ.

މިއަދު އޮންލައިން