ބިރުވެތިވެ ރައްކައުތެރިވޭ! މުޅި ޢުމުރުގަ އަޅުކަންކޮށްފަ މަގު ގެއްލިފައިވާ މީހެއްގެ ގޮތުގަ މަރުވާން މެދުވެރިވާ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބިރުވެތިވެ ރައްކައުތެރިވޭ! މުޅި ޢުމުރުގަ އަޅުކަންކޮށްފަ މަގު ގެއްލިފައިވާ މީހެއްގެ ގޮތުގަ މަރުވާން މެދުވެރިވާ ސަބަބު-: މުފްތީ މެންކް

ބައެއް މީހުން މުޅި އުމުރުގައި އަޅުކަންކުރެއެވެ. 70، 80 އަހަރު ވަންދެންވެސް އަޅުކަންކުރެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު މަރުވަނީ މަގުގެއްލިފައިވާ މީހެއްގެ ގޮތުގައެވެ. މިފަދަ ބައެއް މީހުންގެ ވާހަކަތައް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

އެފަދަ މީހުންނަށް އެހެންވުމަށް މެދުވެރިވާ ސަބަބަކީ މަރުބަލި ނުވަތަ ބޮޑު ބައްޔެއް ޖެހުމުން ނުވަތަ އެނޫންވެސް މުޞީބާތެއް ޖެހުމުން ކެތްތެރިނުވެވޭތީއެވެ. އެކަން މެދުވެރިވީ ކީއްވެގެންތޯ ސުވާލުކުރެވޭތީއެވެ. ﷲ ތަޢާލާގެ މިންވަރުފުޅާއިމެދު ޝަކުވާކުރެވޭތީއެވެ.

އެމީހަކަށް ކަމެއް ޖެހިގެން ދުޢާކުރުމުން އެ ދުޢާ ﷲ ތަޢާލާ ޢިޖާބްކުރައްވަވައި ދެއްވަވާނެތެވެ! މިދުނިޔޭގައި އެކަން ފެނިވެސް ދާނެއެވެ! ދުނިޔޭގައި ނުފެނުނު ނަމަވެސް ޤިޔާމަތް ދުވަހު އެ ނިޢްމަތް އެތައް ގުނައަކަށް އިތުރުވެ ފެނިގެންދާނެއެވެ. އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ.

ދުނިޔެއަށް ފޮނުއްވެވޭ ކޮންމެ މީހަކީވެސް އިމްތިޙާން ކުރެއްވެވޭނެ މީހެކެވެ. ބަލިވެސްވާނެއެވެ! އަތްމަތިވެސް ދަތިވާނެއެވެ. ދަރިންނާއި ލޯބިވާ މީހުން މަރުވެސްވާނެއެވެ. މިފަދަ އެތައް ކަންކަން މެދުވެރިވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. ކޮންމެ ގޮތަކުން ނަމަވެސް ފާސްވާން ޖެހޭ އިމްތިޙާނެކެވެ.

ވީމާ "ތިމާއަށް މިޙާލު ޖެހޭއިރުވެސް ތިމަންނާގެ ކަލާނގެ ކޮބައިހޭ! މިކަން ޖެހިގެން މިހައި ގިނައިން ދުޢާކޮށްފީމޭ. އަދިވެސް ޢިޖާބައެއް ނުކުރައްވަވައޭ!" މިފަދަ ޝަކުވާތައް ކުރުމުގެ ޙައްޤު ހަމައެކަކަށްވެސް ނުއޮންނާނެއެވެ! މުސްލިމުންނަށް އޮތީ ވަކީލް ކުރުމެވެ. އީމާންވުމަކީ އެއީއެވެ.

އެހެންކަމުން ޢުމުރުގައި އަޅުކަންކޮށްފައި ނަމަވެސް މިފަދަ ޝަކުވާއެއް ކުރެވިއްޖެ ނަމަ އެކަމުން އެނގެނީ އެމިހާގެ އީމާންތެރިކަން ކުޑަކަމެވެ. ﷲ ތަޢާލާއަށް އިތުބާރު ނުކުރެވޭ ކަމެވެ. އެހިސާބުން މީހާއަށް އެވަނީ ސީދާ މަގުން ފައި ކައްސާލެވިފައެވެ. ވީމާ އެފަދަ މީހަކަށް ނުވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން