ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ވާޖިބެއްތޯ؟ ފިރިންނަށް ޖެހޭނީ ހަމައެކަނި ޚަރަދުކުރަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ވާޖިބެއްތޯ؟ ފިރިންނަށް ޖެހޭނީ ހަމައެކަނި ޚަރަދުކުރަންތޯ؟

ސުވާލު:. ދަރިން ބެލުމަކީ  ހަމައެކަނި މައިމީހާގެ ވާޖިބެއްތޯ؟ ބައެއް މީހުން އަނބިންނާ ދިމާއަށް ތިމަންނަ ޖެހޭނީ ޚަރަދު ކުރާށޭ، ދަރިން ބެލުން އެއީ މައިމީހާ ކުރަންޖެހޭ ކަމެކޭ ބުނާތީ! 

ޖަވާބު:. ދަރިން ތަރުބިއްޔަތު ކުރުމަކީ މަންމައާ ބައްޕަގެ ޒިންމާއެކެވެ. ކުދިންނާއެކު ގިނަ ވަގުތު ގޭގައި ހޭދަ ކުރަނީ ގިނަ ފަހަރަށް މަންމަ އެވެ. ބައްޕަގެ ބޮޑު ޒިންމާ އަކަށްވާނީ ޢާއިލާއަށް ޚަރަދު ކުރާނެ ފައިސާ ހޯދުމެވެ.  

އެހެން ނަމަވެސް އޭގެ މާނައަކީ ދަރިންގެ ކަންތައް ބެލުމުގައި ބައްޕައިންގެ ދައުރެއް ނެތުމެއް ނޫނެވެ. ބައްޕަ އަށްވެސް ވީވަރަކުން ކުދިންގެ ކަންތައް ހުންނަ ގޮތް ބަލައި ހަދަން ޖެހޭނެއެވެ.  

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން