މަރުވެ ވަޅުލެވުމާއިއެކު ނަރަކައަށްދާންޖެހޭ މީހުންނަށް ނަރަކައިގެ ފޭރާންލާންޖެހެއެވެ. ނަރަކައިގެ ޢަޛާބު ލިބެންފަށައެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
މަރުވެ ވަޅުލެވުމާއިއެކު ނަރަކައަށްދާންޖެހޭ މީހުންނަށް ނަރަކައިގެ ފޭރާންލާންޖެހެއެވެ. ނަރަކައިގެ ޢަޛާބު ލިބެންފަށައެވެ.

މިއަދު ދުނިޔޭގައި އެމީހަކު ބޭނުންގޮތަކަށް އުޅެމުން ގެންދަނީ ކައްވަޅާއި އަދި ޤިޔާމަތްދުވަހާއިމެދު ބިރުވެތިނުވެވޭތީއެވެ. ގިނަބައަކަށް ނުވެސް އެނގެނީއެވެ. އެނގުނަސް އެކަންކަމަށް ސަމާލުކަންވެސް ނުދެވެނީއެވެ. ގިނަގިނައިން ހަނދާންކޮށްދޭން މިޖެހެނީ އެހެންވެގެންނެވެ.

ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދެވުމުން މަލާއިކަތުން ގެންނަވާ އެބޮޑު ބިޔަ މަރުތޭލައިން ޖައްސަވާނެތެވެ. ޖައްސަވާނެ ބާރުމިން އެނގޭހެއްޔެވެ؟ ޖެއްސެވުމުގެ ބާރުކަމުން

ކައްވަޅުގައި އަލިފާންކަނި ބުރައިގެންދާނެއެވެ. އެއާއިއެކު މީހާ ހޭނެތޭނެއެވެ!

ހޭއެރުމުން ކައްވަޅުން ދޮރެއް ހުޅުއްވައި އެމީހާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ރަނގަޅު ގޮތުގައި ދުނިޔޭގައި އުޅުނު ނަމަ ސުވަރުގެއިން ލިބޭނެ ޖާގަ ދައްކަވާނެތެވެ! އަދި އެކަން އޭނާއަށް އަންގަވާނެތެވެ! އެވަގުތު ވެގެންދާނީ އެމީހާގެ މުޅި ހަޔާތުގައި ލިބުނު ހުރިހިތާމަތަކަސްވުރެވެސް ބޮޑު ހިތާމައެއް ލިބިގެންދާނެ ވަގުތަށެވެ.

އެހިސާބުން އިތުރު ދޮރުކޮޅެއް ހުޅުއްވަވައި ނަރަކައިން އޭނާއަށް ލިބޭނެ ޖާގަ ދައްކަވާނެތެވެ! އަދި ވިދާޅުވާނެތެވެ! "އޭ ﷲ ގެ ޢަދުއްވާއެވެ! ކަލޭ ﷲ އަށް ނުކިޔަމަންތެރިވެ އުރެދުމުގެ ސަބަބުން ކަލެއަށް ހުރި ޖާގަ ނަރަކައިން އެފެންނަނީއެވެ! ބުނެވިގެންވެއެވެ. އެ ހިސާބުން ގޮވައިލެވޭ އަޑު އިވޭނެތެވެ! ނަރަކައިގެފޭރާމުން އޭނާ ފޭރާން ލައްވާށެވެ! އޭނާއަށް ނަރަކައިން ޖާގަ ޚާއްޞަކުރާށެވެ! އަދި އޭނާއަށް ނަރަކަށް ވަދެވޭނެ ދޮރެއް ހުޅުވާށެވެ!

މިހާރު އަހަރެން މިތަނުގައި ހުރެގެން ސުވާލުކޮށްފިނަމަ އެމީހާގެ ކަލަކީ ﷲ ތަޢާލާ ކަމަށާއި ދީނަކީ އިސްލާމް ދީން ކަމަށާއި ރަސޫލަކީ މުޙައްމަދު (ﷺ) ކަމަށް ވަރަށް ފަސޭހައިން ނުބުނާނެ އެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް ކައްވަޅުގައި މަލާއިކަތުން ސުވާލުކުރެއްވުމުން ޖަވާބު ދެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ރަސޫލް (ﷺ)ގެ ސުންނަތަށް ތަބަޢަވެ އަމަލުކުރި މީހުންނަށެވެ! އެހެން ނޫން ނަމަ ޖަވާބެއް ނުދެވޭނެއެވެ!

މީސްތަކުންނޭވެ! އެމީހެއްގެ ކަލާނގެއަކީ އެމީހެއްގެ ދުނިޔަވީ އެދުންތައް ކަމުގައި ހަދައި އެ އެދުންތަކަށް އަޅުކަންކުރި މީހާއަކަށް އެންމެ ސުވާލެއްގެ ޖަވާބުވެސް ނުދެވޭނެއެވެ. މަސްތުވުމާއި ފާހިޝް އަމަލުތައް ކުރުމާއި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުން ދުނިޔޭގައި އުޅުނު މީހުންނަކަށް ޖަވާބެއް ނުދެވޭނެއެވެ. އުމުރުން 70 އަހަރުވުމުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން މަޑުކޮށްގެން ތިއްބައި މަރުވި މީހުންނަކަށްވެސް ޖަވާބެއް ނުދެވޭނެއެވެ!

މިފަދަ މީހުންނަކީ ޙަޤީޤަތުގައި އެއްވެސް ދީނެއް އޮތް ބައެއް ކަމަކަށް ނުބުނެވޭނެއެވެ! އެހެނީ އިސްލާމް ދީނުގައި އޮތީ އެމީހަކު އުޅޭނެހައި ގޮތަކަށް އުޅެ، ކުރާނެހައި ފާފައެއްކޮށް މީހާ މުސްކުޅިވެ އަސާ ހިފައިގެން އުޅެންޖެހޭ ޢުމުރަށް ދިއުމުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާކަށް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް، ޢުމުރުގެ ހުރިހާ ދުވަހެއްގައިވެސް ކިޔަމަންތެރިކަން އަދާކުރުމަށެވެ.

ޝަހާދަތުގެ 2 ކަލިމަ ދުލުން ކިޔުމަކުން އަދި އެއީ ރަސޫލް (ﷺ) އަށް ތަބަޢަވެވުނީއެއް ނޫނެވެ.. ރަސޫލް (ﷺ) އަށް ތަބަޢަވެވުނުކަމަށްވާނީ ރަސޫލް (ﷺ) ގެ ސުންނަތަށް ޢަމަލުކުރުމުންނެވެ. އެކަން ނުކޮށް މިއުޅޭ ލަވަކިޔާމީހުންނާއި ނަށާމީހުންނާއި މުންކަރާތްތަކަށް އަރައިގަންނަ މީހުން، ﷲ ތަޢާލާގެ ދީނަށް އުރެދޭ މީހުންނާއި ﷲ ތަޢާލާގެ ދީނަށް ފުރައްސާރަކުރާ މީހުން ނަމޫނާއަކަށް ބަލައިގެން އުޅުނީމާ އެ ތަބަޢަވެވެނީ އެމީހުންނަށެވެ! އެމީހުން އަޅާގޮތަށް ހެދުން އަޅައި އެމީހުން އިސްތަށިގަޑުހަދާގޮތަށް ހަދައި އެނޫންވެސް ކަންކަމުގައި އެމީހުން ނަމޫނާއަކަށް ބަލައި އެމީހުން ބުނާހައި ކަންކަންކުރާ މީހުން އެ ތަބަޢަވަނީ އެމީހުންނަށެވެ!

--ޝައިޚް އަހްމަދު ޢަލީގެ ދަރުސަކުން

މިއަދު އޮންލައިން