ކަނބަލުން ވަދުދެމުން ހުއްޓައިލާ!: ޢިއްފަތްތެރިކަންމަތީގަ ތިބެން ބޭނުންވާ އަންހެނުންނަށް ޝައިޚް ސަމީރުގެ ވަރަށް އަގުހުރި ނަޞޭޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަނބަލުން ވަދުދެމުން ހުއްޓައިލާ!: ޢިއްފަތްތެރިކަންމަތީގަ ތިބެން ބޭނުންވާ އަންހެނުންނަށް ޝައިޚް ސަމީރުގެ ވަރަށް އަގުހުރި ނަޞޭޙަތެއް!

އަނހެނުންނަށް ގޯނާކުރުން އިތުރުވެ އެކަނބަލުންގެ ޢިއްފަތްތެރިކަން ގެއްލެމުންދާތީ ކުރާ ޝަކުވާގެ އަޑުތައް ދަނީ ގަދަވަމުންނެވެ. އެކަންކަމަށް ޙައްލު ހޯދަންވެސް ގިނަ ބައަކު މަސައްކަތްކުރެއެވެ. އެހެންކަމުން މިގެނެސްދެނީ ޝައިޚް އަޙްމަދު ސަމީރުގެ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ.

މިޒަމާނުގައި ވަދުދަމަންކުރާ ކަމަކީ ދޮށްޓެއްގައި އެމަކަށް ރަބަރު، ދުރަށް ފެންނަ ކުލަގަދަ، ދިއްލޭ މަހެއްގެ ސިފައިގައި އޮންނަ އެއްޗެއް ލާފައި ދުރަށް އެްލުމަށްފަހު ދަމަނީއެވެ. ދެން މިވާގޮތަކީ އެއްކަލަ ދިއްލޭ ރަބަރުމަސް، މަސްތަކަށް ފެނުމުން އައިސް އެއިގައި ހުންނަ ބުޅިތަކުގައި އެޅިގަންނަނީއެވެ. އެޅުނީމާ ދަމައި ގެނެސް މަސްތައް ނަގަނީއެވެ.

މިއަދު އަންހެނުންނަށްވެސް މިކުރެވެނީ ހަމަ އެއް ޒާތެއްގެ ކަމެކެވެ. ޒީނަތްތެރިވެ ހަށިގަޑު ދިއްލައިގެން ގައިގަ ކުލަ އުނގުޅައިގެން އެއްވެސް ފޮރުވުމެއްނެތި ފިރިހެނުންތަކުގެ ތެރެއަށް މަގުތަކަށް ނުކުމެވެނީއެވެ. ފިރިހެނުންނާއި މަސްހުނިވެވެނީއެވެ. އެކަހެރިވެސް ވެވެނީއެވެ! އެހިސާބުން މައްސަލަތައް ކުރިމަތިވާން މަގުފަހިވަނީއެވެ.

ލޮބުވެތިކަނބަލުންނޭވެ! ކިތަންމެ ވަރަކަށް އިތުބާރުކުރި ނަމަވެސް ހިލޭ ފިރިހެނުންނާއިއެކު އެކަހެރިނުވާށެވެ! ލޯބިވެގެން ކަމަށް ބުނެ އެކަހެރިކުރުވާފައި ތަފާތު ގޯނާތައްކުރާ ވާހަކަތަކާއި ގޯނާ ކުރުމަށްފަހު އެއްލލާފައި އޮންނަ ވާހަކަތައްވެސް އެބަ ޚަބަރުތަކުން އަޑުއިވެއެވެ. ލޯބިވެރިޔާ މަރައިލާ ވާހަކަވެސް އެބަ އަޑު އިވެއެވެ.

އިސްލާމް ދީނުގައި ހިލޭ ފިރިހެނުންނާއި އަންހެނުން އެކަހެރިވުން ޙަރާމްކުރައްވަވާފައި ވަނީ މިފަދަ އަނިޔާތަކުން އަންހެނުން ސަލާމަތްކުރުމަށްޓަކައެވެ.

--ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން

 

މިއަދު އޮންލައިން