ނިދީން ހޭލަންދެން މަލާއިކަތުން ބަލަހައްޓަވާނެ މީހަކަށް ވެވެން އޮވެމެ ޝައިޠޯނާގެ މަޅީގަ ޖެހިގެންއޮވެ ނިދޭ މީހުން ގިނަވެއްޖެ! އެކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނިދީން ހޭލަންދެން މަލާއިކަތުން ބަލަހައްޓަވާނެ މީހަކަށް ވެވެން އޮވެމެ ޝައިޠޯނާގެ މަޅީގަ ޖެހިގެންއޮވެ ނިދޭ މީހުން ގިނަވެއްޖެ! އެކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންކަން އެނގޭތަ؟

ނިދިން އޮށޯންނަ ވަޤުތަކީ ވަރަށް ޚާއްޞަ ވަޤުތެކެވެ. ތިމާ ނިދާ ވަޤުތަކީ ވަރަށް ޚާއްޞަ ވަޤުތެކެވެ. އެއްކޮޅުގައި ތިބާއަށް ރައްކައުތެރިކަން ދެއްވަވަން މަލާއިކަތުން މަސައްކަތްކުރައްވަވަނީއެވެ. އަނެއްކޮޅުގައި ހުރެ ޝައިޠޯނާ ތިބާ އޭތީގެ ކޮޅަށް ގެންދުވަން މަސައްކަތްކުރަނީއެވެ. އެހާލަތުގައި ގިނަ މީހުން މިހާރު ނިދަނީ ޝައިޠޯނާގެ ކޮޅުގައި ތިބެގެންނެވެ. 

ޖާބިރުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ! 

"ނިދަން އޮށޯތުމުން މަލާއިކަތަކާ ޝައިޠޯނަކު އަންނާނެތެވެ! މަލާއިކަތާ ހިތްވަރު ދެއްވަވާނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަށެވެ. ޝައިޠޯނާ ހިތްވަރުދޭނީ ކޮންމެވެސް ޝައިޠޯނީ ޢަމަލެއްގައި ނިދުމަށެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދައިފިނަމަ އެމީހާ ނިދީން ހޭލަންދެން އެމީހާގެ ކަންކަން މަލާއިކަތާ ބަލަހައްޓަވާނެތެވެ!" 

10624 السنن الكبرى للنسائي

1/25 المحدث ابن حجر العسقلاني خلاصة حكم المحدث حسن في الأمالي الحلبية  

މިއަދު ގިނަ ބައަކު ނިދަނީ ފޯނާއިކުޅެމުންނެވެ! ސޯޝަލްމީޑިއާގައި ކޮންމެވެސް ބޭކާރު ކަމެއް ކުރަމުންނެވެ. ލޯބިވެރިއާ އާއި ވާހަކަދައްކަމުންނެވެ. މިޔުޒިކް އަޑުއަހަމުންނެވެ. ފިލްމެއް ބަލަމުންނެވެ. ކޮންމެވެސް ތަނެއްގައި ކުޅޭ މެޗެއް ބަލަމުންނެވެ. 

އެހެންކަމުން ﷲ ތަޢާލާ ހަނދުމަކުރަމުން ނިދަނީ މަދުމީހަކު ކަމަށް ބުނެވިދާނެއެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ފުރަތަމަ ޛިކުރުތައް ކިޔައިލާށެވެ. ކުރާނެ އިތުރުކަމެއް ނުވިސްނޭނަމަ ކީރިތި ޤިރްއާނުގެ ތަރުޖަމާ ނުވަތަ ޤުރްއާން ނުވަތަ ސިޔަރަތު ފަދަ އެއްޗެއް އަޑުއަހައި ވިސްނަން އޮތް ނަމަވެސް ނިދޭނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ.  

ނިދާއިރު ޢަމަލުކުރެވޭ ގޮތް މިއީ ވަރަށް ބޮޑަށް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ނިދަންވާނީ ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެންނެވެ. ކިޔަންޖެހޭ ޢާޔަތްތަކާއި ސޫރަތްތައް ކިޔައިގެން ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ! މި ޙަދީޘްފުޅުގައިވާފަދައިން ރަޙްމަތް ލައްވަވާނީ އެއރުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން