"ފައިސަ އާއި ގަހަނާ ފަދަތަކެތި ތިޖޫރީގައި ހުއްޓައިވެސް ވަގަށް ނަގައެވެ. ނަމަވެސް އެއްވެސް މީހަކު އެފަދަ ތަކެތި ތިޖޫރީގައި ރައްކައު ނުކޮށް އެންމެމެންނަށް ފަސޭހައިން އަތުޖެހޭނެ ގޮތަކަށް ނުބަހައްޓައެވެ. ވީހައި ބޮޑަކަށް ރައްކައުތެރިކުރެއެވެ. ތިޖޫރީގައި ހުރިނަމަވެސް ވަގަށް ނަގާތީ އެކަކުވެސް ރައްކާކުރުން ހުއްޓައެއް ނުލައެވެ."
ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ އިސްލާމް ދީނުގައި ނިވާވާން ޖެހޭ މިންވަރަށް އަންހެނުން ނިވާވިނަމަވެސް އެކަނބަލުންނަށް ގޯނާކުރާ ބައަކު ގޯނާކުރާކަމަށްބުނެ ނިވާވުމަކީ މުހިންމުކަމެއް ނޫންކަން ދައްކަން އިސްލާމް ދީނުގެ ޢަދާވާތްތެރިން މައުލޫމާތު ފަތުރާތީ ކަމަށް ބެލެވެއެވެ.
ޝައިޚް ޢަލީ ޒައިދު ވަނީ ދެ ޖިންސުގެ މީހުން މީހުންވެސް އަޢުރަ ނިވާކުރުމަށާއި ބެލުންތައް ތިރިކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަން ނަޞޭޙަތެރިވެލައްވައިފައެވެ. "ސިކް މީހުންވެސް ތިބޭނެ! އެމީހުންނަށް އޮތީ ހަރުކަށި އަދަބުދިނުން!"