ބާރުގަދަ މީހާކަމަށް ވުމަކީ ނަރަކައިން ސަލާމަތްވެވޭނެ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބާރުގަދަ މީހާކަމަށް ވުމަކީ ނަރަކައިން ސަލާމަތްވެވޭނެ ސަބަބެއް ނޫން!

މަރުވެ ވަޅުލެވޭތަނުން ކައްވަޅުގައި ތިބާ އާއި ބައްދަލުކުރައްވަވާނެ މަލާއިކަތުންނަށް ބިރުވެތިވާންވީ މިއަދުއެވެ! ހަމަ މިވަގުތުއެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށްޓަކައެވެ. ބިރުވެތިނުވެ މަރާއިމެދު ޣާފިލުވެގެން ހުއްޓައި މަރުވެއްޖެ ނަމަ އާޚިރަތް ނުލިބޭނެ ކަމުގެ ބިރު އޮތުމުންނެވެ! އެނގެންވާވަރަށް ގިނަ ބައަކަށް ނުވެސް އެނގެނީއެވެ. ވަޤުތު ދަތިކަމުން ދަރުސްތައް އަޑުނުއަހާތީއެވެ. ޙަދީޘްފުޅުތަކާއި ފޮތްތައް ނުކިޔާތީއެވެ. އެހެންވެ ޣާފިލުކަންމަތީގައި ހުއްޓައި މަރު އައިސް ބައްދަލުކުރަނީއެވެ.

ޚިޔާލަށް ގެންނަން މަސައްކަތްކުރާށެވެ! ތިބާއަށް ފެންނަނީ ބޮޑު ބިޔަ 2 މީހެކެވެ. އެމީހުންގެ ލޮލަށް ބަލައިލުމުން ފެންނަނީ ގަދައަށް ވިއްސާރަކުރާ ރެއެއްގައި ގަދައަށް ވިދައިލުމުން އަލިފެންނަ ފަދައިންނެވެ. އެމީހުންގެ އަޑު ގުގުރިފަދައެވެ. އެމީހުންގެ ދަތްތައް ގެރިއެއްގެ ދަޅުފަދައެވެ. އެމީހުްގެ އިސްތަށިތައް ބިމުގައި ކޭތޭހައި ދިގެވެ. އެމީހުންގެ ދެކޮނޑު ދޭތެރޭގައި އެތައް މޭލެއްގެ ރާސްތާވެއެވެ.

އެމީހުން ތިބީ ދަގަނޑު މަރުތޭލައެއް ހިފައިގެންނެވެ. އެއީ ދުނިޔޭގެ އެންމެން އެ ުފުލަން މަސައްކަތްކުރި ނަމަވެސް އެންމެ މިލިމީޓަރެއްވެސް އުފުލޭނެ އެއްޗެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު އަދި މާބުރައެއްޗެކެވެ. އެމީހުންގެ ހިތުގައި އެއްވެސް އިންސާނަކަށް އެއްވެސް މިންވަރެއްގެ ރަޙުމެއް ނުވެއެވެ.

ނިކަން ބުނެބަލާށެވެ! މިބުނި ސިފައިގައި ތިބޭ ބައަކާއި ބައްދަލުވެއްޖެ ނަމަ ތިބާއަށްވާނީ ކިހިނަކުން ހެއްޔެވެ؟ ހިތަށް ބިރުވެރިކަމެއް ވަންނާނެ ހެއްޔެވެ؟ ބިރުން ތިބާ ކުދިކުދި ނުވާނެ ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކިޔައިދިނީ ތިބާ މަރުވެ ވަޅުލެވުމުން ތިބާ އާއި ސުވާލުކުރައްވަވަން ވަޑައިގަންނަވާނެ ދެ މަލާއިކަތުންގެ ސިފަފުޅުކަމަށް ޖިބްރީލްގެފާނު ރަސޫލް (ﷺ) އަށް ވިދާޅުވެދެއްވެވި ސިފަފުޅުތަކެވެ. އެ 2 މަލާއިކަތުންނާއި ބައްދަލުކުރަން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެ ދެ މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބުދޭން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން