ހިތުން ކިޔެވީމާ ޤުރްޢާން ކިޔެވިކަމަށްވާނެތަ؟
ކިޔުންތެރިޔާގެ ސުވާލަށް ޝައިޚް ޝާފިޢުގެ މިބަސްފުޅުން ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
"ޤުރްއާން ކިޔަވާއިރު ދޫޙަރަކާތްކުރާ ކަމަށްވާނަމަ އެއީ ޤުރްއާން ކިޔެވުން ކަމުގައި ބެލޭނެއެވެ. އަޑު ވީއްލައި ކިޔެވިޔަސް އަޑުނީވޭވަރަށް މަޑުން ކިޔެވިޔަސް މެއެވެ. އެކަމަކު ދޫ ޙަރަކާތްނުކޮށް ހިތުން ކިޔެވުމަކީ އެއީ ޤުރްއާން ކިޔެވުން ކަމުގައިނުވާނެއެވެ. އަދި ހިތުން ކިޔަވާ ކިޔެވުމަކަށް ޘަވާބެއްވެސް ނުލިބޭނެއެވެ." ޝައިޚް ޝާފިޢު
ހިތްމައްޗަށް ޤުރްއާން ގެނައުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ނަމަވެސް އެއީ ޤުރްއާން ހަނދުމަކުރިކަމުގެ ޘަވާބެ. ދޫ ޙަރަކާތްކުރެވޭ މީހަކު ކިޔެވި ކަމުގެ ޘަވާބު ލިބޭނީ ދޫޙަރަކާތްކުރުމުނެވެ.